އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކައުންސިލްގެ ރެކްރިއޭޝަން ކްލަބާއި ޝަރައްފުއްދީން ސްކޫލާ ދެމެދު ފުޓްސަލް މެޗެއް ކުޅެފި

2 މޭއި 2018     6 months ago


މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކައުންސިލްގެ ރެކްރިއޭޝަން ކްލަބާއި ޝަރައްފުއްދީން ސްކޫލާ ދެމެދު ފުޓްސަލް މެޗެއް ކުޅެފި

ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އައްޑޫސިޓީ ކައުންސިލްގެ ރެކްރިއޭޝަން ކްލަބާއި ޝަރަފުއްދީން ސްކޫލާ ދެމެދު އެކުވެރިކަމުގެ ފުޓްސަލް މެޗެއް ރޭ ކުޅެފިއެވެ.

ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗް 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ޝަރަފުއްދީން ސްކޫލުގެ ޓީމުންނެވެ. މިމެޗްގައި ކައުންސިލްގެ ރެކްރިއޭޝަން ކްލަބުގެ ޓީމަށް ގޯލެއް ކާމިޔާބު ނުކުރެވުނުނަމަވެސް ހިތްވަރުގަދަ ކުޅުމެއް ކުޅުންތެރިންގެ ފަރާތުންވަނީ ފެނިގެންގޮސްފައެވެ.

ޝަރަފުއްދީން ސްކޫލާއެކު ކުޅުނު ފުޓްސަލް މެޗަށްފަހު ކައުންސިލްގެ އަންހެން މުވައްޒަފުންގެ މެދުުގައިވެސްވެސް ވަނީ ފުޓްސަލް މެޗެއް ކުޅެފައެވެ. މިމެޗް 2-2 ގެ ނަތީޖާއަކުންވަނީ އެއްވަރުވެފައެވެ.