އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ރަމަޟާންމަހު ދަމުނަމާދު ކޮށްދެއްވުމަށް ޖަމްޢިއްޔަތުލް ޢުލަމާ އާއި ކައުންސިލާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފި

15 މޭއި 2018     5 years ago


ރަމަޟާންމަހު ދަމުނަމާދު ކޮށްދެއްވުމަށް ޖަމްޢިއްޔަތުލް ޢުލަމާ އާއި ކައުންސިލާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފި

އައްޑޫސިޓީގެ އަވަށްތަކުގެ މިސްކިތްތަކުގައި މިއަހަރުގެ ރަމަޟާންމަހު ޙިފްޡުކޮށް ދަމުނަމާދު އިމާމްވެ ކޮށްދެއްވުމަށް ޖަމްޢިއްޔަތުލް ޢުލަމާ އާއި އައްޑޫސިޓީ ކައުންސިލްގެ އިދާރާއި ދެމެދު މިއަދު އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

މިއެއްބަސްވުމުގެ ދަށުން ޖަމްޢިއްޔަތުލް ޢުލަމާގެ ފަރާތުން އައްޑޫސިޓީގެ 9 މިސްކިތެއްގައި މިރަމަޟާންމަހު ދަމުނަމާދު ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ހިތަދޫ މަސްޖިދުލް ބާބުލްޚައިރި، ހިތަދޫ މަސްޖިދުއް ޒިކުރާ، ހިތަދޫ މަސްޖިދުލް އިކުރާމް، މަރަދޫ މަސްޖިދުލް އިޚްލާޞް، މަރަދޫފޭދޫ މަސްޖިދުލް ނޫރު، ފޭދޫ މަސްޖިދުލް އަމާނީ، ހުޅުދޫ މަސްޖިދުލް ވަޙުދާ، ހުޅުދޫ މަސްޖިދުލް ޢަބްދުﷲ ބުން އިބްރާހީމް އަދި މީދޫ މަސްޖިދު އިބްރާހީމް މަޖުދުއްދީން މިސްކިތުގައެވެ.

އައްޑޫސިޓީ ކައުންސިލާއި ޖަމްޢިއްޔަތުލް ޢުލަމާއާއި ދެމެދު ވެވުނު އެއްބަސްވުމުގައި ޙިފްޡުކޮށް ދަމުނަމާދު ކުރަން ޙަވާލުކުރެވޭ ކޮންމެ ޙާފިޡަކަށް އިމާމުވެ ދަމުނަމާދުކުރާ ކޮންމެރެއަކަށް -/400 ރުފިޔާ ގެ ރޭޓުން އެލަވެންސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޖަމްޢިއްޔަތުލް ޢުލަމާއާއި ކައުންސިލާ ދެމެދު މިދިޔަ އަހަރުގެ ރަމަޟާން މަހުވެސް ވަނީ މިގޮތަށް އެއްބަސްވެވި އައްޑޫސިޓީގެ 8 މިސްކިތެއްގައި ދަމުނަމާދު ކޮށްފައެވެ.