އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލްގެ ވެލްފެއަރ އެންޑް ރެކްރިއޭޝަން ކްލަބުގެ ފަރާތުން މުވައްޒަފުންނަށް ގިފްޓް ކާޑެއް ހަދިޔާކޮށްފި

4 ޖޫން 2018     5 years ago


ކައުންސިލްގެ ވެލްފެއަރ އެންޑް ރެކްރިއޭޝަން ކްލަބުގެ ފަރާތުން މުވައްޒަފުންނަށް ގިފްޓް ކާޑެއް ހަދިޔާކޮށްފި

އައްޑޫސިޓީ ކައުންސިލްގެ ވެލްފެއަރ އެންޑް ރެކްރިއޭޝަން ކްލަބުގެ ފަރާތުން ކައުންސިލްގެ މުވައްޒަފުންނަށް -/1500 ރުފިޔާގެ ގިފްޓް ކާޑެއް ހަދިޔާކޮށްފިއެވެ.

ރޯދަމަހުގެ ހަދިޔާއެއްގެ ގޮތުގައި މިއަދު މުވައްޒަފުންނަށް ހަދިޔާކުރި ގިފްޓް ކާޑް ހަވާލުކުރެއްވީ ރެކްރިއޭޝަން ކްލަބުގެ ރައީސް އަލީ ސަވާދުއެވެ.

އައްޑޫސިޓީ ކައުންސިލް ވެލްފެއާ އެންޑް ރެކްރިއޭޝަން ކްލަބަކީ މުވައްޒަފުންނަށް އެކިކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށާއި، މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތްކުރުމުގެ އިތުރުން، މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤުސަދުގައި ރަޖިސްޓްރީ ކުރެވިގެން ހިންގަމުންދާ ކްލަބެކެވެ. އެގޮތުން މިދިޔަ ރޯދަމަހުވެސް ރެކްރިއޭޝަން ކްލަބުގެ ފަރާތުން މުވައްޒަފުންނަށް ގިފްޓް ކާޑެއް ވަނީ ހަދިޔާކޮށްފައެވެ. އަދި ވޭތުވެދިޔަ އަހަރުގެ ކައުންސިލްގެ އަހަރީ ބައްދަލުވުމުގައި މުވައްޒަފުންގެ މެދުގައި ގުރުއަތުން ހޮވާލެވުނު މުވައްޒަފަކަށް އުމްރާ ދަތުރެއްވަނީ ދެވިފައެވެ.