އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލުން އައްޑޫސިޓީގެ ރައްޔިތުންނާ ބައްދަލުކުރުން ޖުލައި 31 ވަނަ ދުވަހު

25 ޖުލައި 2018     4 months ago


ކައުންސިލުން އައްޑޫސިޓީގެ ރައްޔިތުންނާ ބައްދަލުކުރުން ޖުލައި 31 ވަނަ ދުވަހު

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 110 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، އައްޑޫސިޓީ ކައުންސިލްގެ ފަރާތުން  އައްޑޫސިޓީގެ ރައްޔިތުންނާއި ބައްދަލުކުރުމަށް މިއަހަރުގެ ތެރޭގައި ބާއްވާ ދެވަނަ ބައްދަލުވުން 31 ޖުލައި 2018 ވާ އަންގާރަ ދުވަހުގެރޭ 08:30 ގައި މަރަދޫ ބޮޑޮގޭ ހޯލްގައި އޮންނާނެއެވެ.

މިބައްދަލުވުމުގައި މިއަހަރު ތެރޭގައި މިހާތަނަށް ހިނގިފައިވާ ހަރަކާތްތަކުގެ ރިޕޯޓް ހުށަހެޅުމާއި، 2019 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަންތައްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޝްވާރާ ހޯދުން އޮންނާނެއެވެ.

މިއަހަރުގެ ފެބްރުވަރީ މަހުވެސް ކައުންސިލުންވަނީ ރައްޔިތުންނާ ބައްދަލުކޮށް ޚިޔާލާއި މަޝްވަރާ ހޯދާފައެވެ.