އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ރެކްރިއޭޝަން ކްލަބުން ދޭ އުމްރާ ދަތުރުގެ ނަސީބުވެރިޔަކަށް މުޙައްމަދު އިބްރާހީމް

28 އޯގަސްޓް 2018     5 years ago


ރެކްރިއޭޝަން ކްލަބުން ދޭ އުމްރާ ދަތުރުގެ ނަސީބުވެރިޔަކަށް މުޙައްމަދު އިބްރާހީމް

އައްޑޫސިޓީ ކައުންސިލްގެ ވެލްފެއަރ އެންޑް ރެކްރިއޭޝަން ކްލަބުން އިންތިޒާމުކޮށްގެން ކްލަބުގެ މެމްބަރުންގެ މެދުގައި ނެގުނު ގުރުއަތުން މިއަހަރުގެ ޑިސެމްބަރު މަހު އޮންނަ އުމްރާ ދަތުރުގެ ނަސީބުވެރިޔަކަށް މުޙައްމަދު އިބްރާހީމް ހޮވިވަޑައިގެންފިއެވެ.

ތައިސީރު ޙައްޖު ޢުމްރާ ގްރޫޕާއި ރެކްރިއޭޝަން ކްލަބް ގުޅިގެން މިއަހަރު ދޭ ޢުމްރާ ދަތުރުގެ ނަސީބުވެރި ފަރާތް ހޮވުމަށްޓަކައި މިއަދު ކައުންސިލްގެ އިދާރާގައި ވަނީ ރަސްމިއްޔާތެއް ބާއްވަވާފައެވެ. މި ރަސްމިއްޔާތުގައި މެމްބަރުންގެ މެދުގައި ނެގުނު ގުރުއަތު ނަންގަވައިދެއްވީ މިދިޔަ އަހަރުގެ އުމްރާ ދަތުރުގެ ނަސީބުވެރި ފަރާތް ކަމަށްވާ ޚަދީޖާ ރަޒީނާއެވެ.

މިއަހަރުގެ އުމްރާ ދަތުރު ލިބިލައްވާ ފަރާތް ހޮވާފައިވަނީ މިދިޔަ އަހަރުގެ ނަސީބުވެރި ފަރާތް ނުހިމަނައި ކްލަބުގެ 112 މެމްބަރުންގެ މެދުގައެވެ.

އައްޑޫސިޓީ ކައުންސިލް ވެލްފެއާ އެންޑް ރެކްރިއޭޝަން ކްލަބަކީ މުވައްޒަފުންނަށް އެކިކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށާއި، މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތްކުރުމުގެ އިތުރުން، މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤުސަދުގައި މިދިޔައަހަރުގެ ޖޫންމަހު ރަޖިސްޓްރީ ކުރެވިގެން ހިންގަމުންދާ ކްލަބެކެވެ. މުވައްޒަފުންގެ ކުރިއެރުމާއި އެކުވެރިކަން އާލާކުރުމަށް ގިނަކަންކަން ކްލަބުގެ ފަރާތުން ރާވަމުންދާއިރު، ކޮންމެ އަހަރަކުވެސް މަދުވެގެން އެއް މުވައްޒަފަކަށް އުމްރާ ދަތުރު ދިނުމަށް ކްލަބުގެ ހިންގާ ކޮމިޓީންވަނީ ނިންމާފައެވެ.