އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އެމްޕްލޯއި އޮފް ދަ މަންތަށް ހޮވުނު މުވައްޒަފުންނާ ޝީލްޑް ހަވާލުކޮށްފި

5 ސެޕްޓެމްބަރ 2018     2 months ago


އެމްޕްލޯއި އޮފް ދަ މަންތަށް ހޮވުނު މުވައްޒަފުންނާ ޝީލްޑް ހަވާލުކޮށްފި

ކައުންސިލްގެ އިދާރާގެ މުވައްޒަފުންގެ ތެރެއިން މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އެޕްރީލް މަހާއި ހަމައަށް އެމްޕްލޯއި އޮފް ދަ މަންތުގެ ގޮތުގައި ހޮވުނު މުވައްޒަފުންގެ އަގު ވަޒަންކޮށް ޝީލްޑް ހަވާލުކޮށްފިއެވެ.

ކައުންސިލްގެ އިދާރާގެ މުވައްޒަފުންގެ ތެރެއިން މަސައްކަތަށާއި ގަޑިއަށް އެންމެ ފަރުވާތެރި މުވައްޒަފުން ފާހަގަކޮށް އެމުވައްޒަފުންގެ އަގު ވަޒަންކުރުމަށާއި ހިތްވަރު ދިނުމުގެ ގޮތުން ކޮންމެ މަހަކުވެސް ދެމުން އަންނަ އެމްޕްލޯއި އޮފް ދަ މަންތް އެވޯޑް މުވައްޒަފުންނާ ހަވާލުކުރައްވާފައިވަނީ އިއްޔެ ކައުންސިލްގެ އިދާރާގައި ބޭއްވުނު ކުޑަ ރަސްމިއްޔާތަކާއެކުއެވެ. މިރަސްމިއްޔާތުގައި އެމްޕްލޯއި އޮފް ދަ މަންތަށް ހޮވުނު މުވައްޒަފުންނާ ޝީލްޑް ހަވާލުކޮށްދެއްވީ މޭޔަރ އަބްދުﷲ ޞާދިގްއާއި، ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފްއާއި، ކައުންސިލަރ ފައިސަލް އިބްރާހީމް، ކައުންސިލަރ ޖަމްޝީދާ މުޙައްމަދު، ޑިރެކްޓަރ ޝިޒްލީނާ އަސްލަމް އަދި ޑިރެކްޓަރ މުޙައްމަދު ސައުދީ ހަސަންއެވެ.

އެމްޕްލޯއި އޮފް ދަ މަންތަކީ މިދިޔަ އަހަރުގެ ފެބްރުވަރީ މަހުން ފެށިގެން ކައުންސިލުން ފާހަގަ ކުރަމުން އަންނަ ރަސްމިއްޔާތެކެވެ. ކޮންމެ މަހަކު އެއްފަހަރު ބޭއްވޭ މިރަސްމިއްޔާތުގައި ކައުންސިލްގެ މުވައްޒަފުންގެ ތެރެއިން ކޮންމެ އަވަށު އޮފީހަކުން އެންމެ ރަނގަޅު މުވައްޒަފު އަދި ކައުންސިލްގެ އިދާރާގެ ޑެވެލޮޕްމަންޓް ސަރވިސް ޑިވިޝަނާއި ކޯޕަރޭޓް ސަރވިސް ޑިވިޝަނުން އެންމެ ރަނގަޅު މުވައްޒަފު ފާހަގަކޮށް ހަނދާނީ ފިލާއާއި ލިޔުން ހަވާލުކުރެވެއެވެ.

ދިމާވި ބައެއް ދަތިތަކާއި ގުޅިގެން މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އެމްޕްލޯއި އޮފް ދަ މަންތް މެދު ކެނޑިފައި އޮތުމަށްފަހު އިއްޔެ މިރަސްމިއްޔާތު އަލުން ބޭއްވިފައިވަނީ ޖަނަވަރީން ފެށިގެން އެޕްރީލްގެ ނިޔަލަށް ހޮވުނު މުވައްޒަފުންނާ ޝީލްޑް ހަވާލުކުރުމަށެވެ. އެމްޕްލޯއި އޮފް ދަ މަންތަށް މިމަސްތަކުގައި ހޮވުނު މުވައްޒަފުންގެ މަޢުލޫމާތު މިލިންކަށް ވަޑައިގެންނެވުމުން ފެނިވަޑައިގަންނަވާނެއެވެ.