އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލްގެ މުވައްޒަފުންނަށް ހިންގި ދިވެހިބަހުގެ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި

11 އޮކްޓޯބަރ 2018     2 months ago


ކައުންސިލްގެ މުވައްޒަފުންނަށް ހިންގި ދިވެހިބަހުގެ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި

އައްޑޫސިޓީ ކައުންސިލް އިދާރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ދިވެހި ބަހުގެ ފެންވަރު މަތިކުރުމަށް ހިންގި "އޮފީސް ދިވެހި 2"  ތަމްރީނު ޕްރޮގްރާމް މިއަދު ނިންމައި ބައިވެރިންނާ ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

މިތަމްރީން ޕްރޮގްރާމް އަކީ، މި އިދާރާގެ ޖީއެސް2، އެމްއެސް2 ގެ ރޭންކްތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި މި ރޭންކްތަކުގެ 24 މުވައްޒަފުން ބައިވެރިވިއެވެ. މި ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވަނީ މީގެ ކުރިންވެސް ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ތަފާތު އެހެނިހެން ތަމްރީނު ޕްރޮގްރާމުތައް ނަންގަވައިދެއްވާފައިވާ އައްޑޫ ހައި ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަލްފާޟިލް އަހުމަދު މިހާދުއެވެ.