އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭ އައްޑޫ ސިޓީއަށް ސަރުކާރުން ކޮށްދެއްވުމަށް ހުށަހަޅާ ކަންކަން

18 ނޮވެމްބަރ 2018     5 years ago


ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭ އައްޑޫ ސިޓީއަށް ސަރުކާރުން ކޮށްދެއްވުމަށް ހުށަހަޅާ ކަންކަން

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހްގެ ރިޔާސީ ކެމްޕޭނުގައި ރާއްޖޭގެ ވަރަށް ގިނަ އަތޮޅުތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ލާބަޔަށް ކޮށްދެއްވާނެ ކަންކަމުގެ ވާހަކަ ވަނީ ދައްކަވާފައެވެ. މިގޮތުން އައްޑޫސިޓީއަށްވެސް އެމަނިކުފާނު ވަނީ ފޮނި އުއްމީދުތަކެއް ހުށަހަޅުއްވާފައެވެ. އެމަނިކުފާނުގެ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ކޮށްދެއްވާނެ ގިނަ ކަންކަން ވަނީ ހާމަކޮށްދީފެއެވެ.

 

 ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހަށް ހުށަހަޅާ ކަންކަން

  1. އައްޑޫސިޓީގެ ކަރަންޓްގެ މައްސަލަ އަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވުން
  2. އައްޑޫ ޑިވެލޮޕްމެންޓް މާސްޓަރ ޕްލޭން އަދި އާރބަން ޕްލޭން ހަދައި 3 ޑީކޮށް ކުރެހުމާ ވީޑިއޯ ހެދުމަށް މަގުފަހިކޮށް ދިނުން
  3. ބޯހިޔާވަހިކަމާ އިޤްތިސާދީ މަސައްކަތް ހިންގުމަށް ބިން ހިއްކަން އޮތުމާ އެކު ހިއްކަން ޖެހޭ ހުރިހާ ބިމެއް އެއްފަހަރާ ހިއްކާ ގޮތަށް ބިން ހިއްކަން ފެށުން
  4. ހަވާލު ނުކުރެވި ހުރި ފްލެޓްތައް ހަވާލުކުރުމަށް މަގުފަހިކޮށް ދިނުން
  5. ދައުލަތުގެ ބޭނުންތަކަށް ބިން ނެގުމާ ގުޅިގެން ހަވާލުކޮށްނުދެވި ހުރި ގޯތިތައް ހަވާލުކުރުމަށް މަގުފަހިކޮށްދިނުން
  6. އަލަށް ގޯތި ދިނުމަށް މަގު ފަހިކޮށްދިނުން
  7. އައްޑޫ ސިޓީގެ މަގުތައް ސާފުކުރުމާ މަގުތައް މަރާމާތުކޮށް ރަގަޅަށް ބެލެހެއްޓޭނެ ރަގަޅު އިންތިޒާމެއް ހަމަޖައްސައި ދިނުން
  8. އައްޑޫ ސިޓީގެ މަގުތައް ރަގަޅު ފެންވަރަކަށް ހަދަން ފެށުމުގެ މައި މަޝްރޫއު ފެށުން
  9. އައްޑޫ ސިޓީގައި ސްޓޯރމް ވޯޓަރ މެނޭޖްމެންޓް ސިސްޓަމެއް ގާއިމުކުރުން
  10. އައްޑޫ ސިޓީގެ މަގުބައްތިތައް ރަގަޅުކޮށް މަގުބައްތިތަކާ ބަދަރު ބައްތިތައް ލެޑް ސޯލާރ ބައްތިތަކަށް ބަދަލު ކުރަންފެށުން
  11. ހިތަދޫ އެޅަދީދީ މަގާ އައްޑޫ ލިންކްރޯޑް ރީ ސަރފޭސް ކުރުމާ މަރަދޫން ފެށިގެން ގަމާ ހަމައަށް ބޮޑުމަގު މަރާމާތުކޮށް ދިނުން
  12. އައްޑޫގެ ބަދަރު ތަކުގެ ހަލާކުވެފައިވާ ކަނޑުތޮއްޓާ އެއްގަމުތޮށި މަރާމާތު ކުރެވޭ ގޮތް ހެދުން
  13. އައްޑޫގެ މިސްކިތްތަކުގައި ކުރަން ހުރި މަރާމާތުކުރުމާ މިސްކިތްތައް އެއަކޯން ކުރުމާ މިސްކިތްތަކަށް ސޯލަރ ކަރަންޓް ލެވޭ ގޮތް ހަދައި ދިނުން
  14. ކުޅިވަރު ބިންތަކާ ބޯޅަ ދަނޑުތަކާ ޓަރފްދަނޑުތައް މަރާމާތުކޮށް ބެލެހެއްޓޭ ގޮތް ހަދައި ދިނުން
  15. އައްޑޫ ސިޓީގެ ޕަބްލިކް އޭރިއާތައް ސާފުކުރެވޭނެގޮތް ހަދައި ޑަސްޓްބިން ބެހެއްޓުމާ ބެލެހެއްޓޭނެ އިންތިޒާމް ހަމަޖައްސައި ދިނުން
  16. އެތެރޭގެ ވައިގެ ދަތުރު އަގު ހެޔޮ ކުރުމާ އިތުރު އެއަރލައިންތަކަށް ގަމަށް އުދުހުމަށް ފުރުސަތު ހުޅުވައި ދިނުން
  17. ޕާސްޕޯޓުގެ ޚިދުމަތް ފަސޭހަކޮށް ދިނުމުގެގޮތުން ހިތަދޫ ގައި މިހާރު ހުރި ޔުނިޓުގެ އިތުރުން ފޭދޫ އަދި ހުޅުދޫގައި ޕާސްޕޯރޓަށް އެޕްލައި ކުރުމުގެ ޚިދުމަތް ދެވޭ ގޮތް ހެދުމާއި ސިޓީގެ ބިދޭސީންގެ ކަންކަން ސިޓީ ކައުންސިލުން މޮނިޓަރކުރެވޭ ގޮތް ހަމަޖެއްސުން.
  18. އައްޑޫގެ ރައްޔިތުންނަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އިން ދޭ ޚިދުމަތް ފަސޭހަކޮށް ދިނުމުގެގޮތުން ހިތަދޫ ގައި މިހާރު ހުރި ޔުނިޓުގެ އިތުރުން ފޭދޫ އަދި ހުޅުދޫގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ޚިދުމަތް ދެވޭ ގޮތް ހަމަޖެއްސުން.
  19. އައިޑީ ކާޑު ހެދުމަށް ސިޓީ ކައުންސިލުން ޑީއެންއާރަށް ހުށަހެޅުމުން ޑީއެންއާރު އެޕްރޫވްކުރާ ކާޑު ސިޓީ ކައުންސިލުން ޕްރިންޓް ކުރެވޭ ގޮތް ހަދައި ދިނުން.
  20. މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިތިބި ފަރާތްތައް އަނބުރައި މުޖުތަމައަށް ގެނައުމަށް މަސައްކަތް ކުރެވޭގޮތް ހަދައި ދިނުން
  21. ފެށިފައިވާ ތަރައްގީގެ މަޝްރޫއްތައް ރިވިއު ކުރުން (މަރަދޫ ބަދަރު ބޮޑުކުރުން، ކުނި މެނޭޖްކުރުން، ފެނާ ނަރުދަމާ، މަގު ހެދުން)
  22. ސިޓީ ސިވިލްފަޔަރގެ އޮނިގަޑު އިސްލާހުކޮށް އަލިފާނުގެ ހާދިސާތަކާ، ފެންބޮޑުވުމާ، އުދައެރުމާ، ގުދުރަތީ ކާރިސަތަކާ، އެކްސިޑެންޓްތަކާ މިބާވަތުގެ އެންމެހައި ހާދިސާތަކަށް އެޓެންޑް ވެވޭގޮތް ހަދައި ޚިދުމަތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް މެނޭޖްކުރުމުގައި ސިޓީ ކައުންސިލްގެ ދައުރު ހިމެނުން.
  23. ސިޓީ ޕޮލިސް ސްޓްރަކްޗަރ ހެދި ސިޓީ ޕޮލިސް އާ ސިޓީ ކައުންސިލާ އެކު ޝެޑިއުލްޑް ކޯޑިނޭޝަން ތައާރަފު ކުރުން.
  24. އައްޑޫގެ ޓޫރިޒަމް ދާއިރާ ކުރިއެރުވުމުގެ ބިޔަ މަޝްރޫއު ފަށައިގަތުން
  25. ހަންކެޑެ ރިސޯރޓް މަސައްކަތް ފެއްޓުވުން
  26. އެންމަސް އާލާކުރުމުގެ މަޝްރޫއެއް އައްޑޫގައި ފެށުން
  27. އައްޑޫ މަސްފެކްޓަރީ އޮޕަރޭޝަނަށް ގެނައުން
  28. އީސީސީ ގައި ހަދަމުންދާ ޓާރޝަރީ ހޮސްޕިޓަލްގެ މަޝްރޫއު ޕްރައިވެޓް ހޮސްޕިޓަލެއްގެ މަޝްރޫއަކަށް ބަދަލު ކުރުން
  29. އައްޑޫ ގައި އާ ޓާރޝަރީ ހޮސްޕިޓަލެއްގެ ހެދުމުގެ މަޝްރޫއު އަލުން އެކުލަވާލުމާ އެ ހޮސްޕިޓަލް ހިތަދޫ ޕޮލިސް ޓްރޭނިން ސްކޫލް ކުރިން ހުރި ބިމުގައި އިމާރާތް ކުރާ ގޮތަށް ހަމަޖެއްސުން
  30. ހިތަދޫގައި މިހާރު ހިގަމުންދާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އަށް (ނަމްބަރ 29 ގައިވާ ހޮސްޕިޓަލް ނިމޭއިރު) ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައެންސަސްގެ ސްކޫލް އޮފް ނާރސިންގ ބަދަލު ކުރާ ގޮތަށް ރޭވުން
  31. ލުއި ލޯން ސްކީމް ތައާރަފުކުރުމާ ޒުވާން ވިޔަފާރިވެރިޔާ އުފެއްދުމުގެ މަޝްރޫއު ފެށުން
  32. ދިވެހިރާއްޖޭގެ ފުރަތަމަ ޕްލާސްޓިކް ރޯޑުގެ މަސައްކަތް އައްޑޫގައި ފެށުން
  33. އައްޑޫ ސިޓީގެ ސިޓީ ސްކްއެރ އަލުން ހަދައި ކުލަގަދަ ރަސްމިއްޔާތެއްގައި ސިޓީ ސްކްއެރގެ ކޯއްޓޭއަށް ޤައުމީ ދިދަ ނެގުން
  34. ކުލަގަދަ އަދި ފޯރިގަދަ ރަސްމިއްޔާތެއްގައި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯރޓް (އޭއައިއޭ) ހުޅުވުން