އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރާ ކައުންސިލުން ބައްދަލުކުރައްވައިފި

19 ނޮވެމްބަރ 2018     5 years ago


އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރާ ކައުންސިލުން ބައްދަލުކުރައްވައިފި

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، އަކިލޭޝް މިޝްރާއާއި މިއަދު ކައުންސިލުން ބައްދަލުކުރައްވައިފިއެވެ.

އައްޑޫސިޓީ ކައުންސިލްގެ ހުރިހާ ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގެންނެވި މިބައްދަލުވުމުގައި، ކައުންސިލުން ހިންގުމަށް ރާވާފައިވާ މަޝްރޫޢުތަކާއި ގުޅޭގޮތުންނާއި، އައްޑޫގައި އިންޑިއާގެ އިންވެސްޓަރުންނަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން އިންޑިއާއާއި އައްޑޫއާ ދެމެދު ވައިގެ ދަތުރު ފެށުމަށާއި ކަނޑުމަގުން މުދާ އެތެރެކުރުމަށް ކުރެވެން ހުރި ކަންކަމާއި ގުޅޭ ގޮތުންވެސް ވާހަކަ ދެކެވުނުވެ.

މިބައްދަލުވުން ކުރިއަށް ދިޔައީ މާލޭގައި ހުންނަ އިންޑިއާ ސަފީރުގެ އޮފީހުގައެވެ.