އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހެލްތް މިނިސްޓަރާއި ކައުންސިލުން ބައްދަލުކުރައްވައިފި

21 ނޮވެމްބަރ 2018     5 years ago


ހެލްތް މިނިސްޓަރާއި ކައުންސިލުން ބައްދަލުކުރައްވައިފި

އްދަލުކުރައްވައިފި

 

މިނިސްޓަރ އޮފް ހެލްތް، އަބްދުﷲ އަމީންއާއި މިއަދު ކައުންސިލުން ބައްދަލުކޮށް އައްޑޫގެ ސިއްހީ ދާއިރާއާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

ހެލްތް މިނިސްޓްރީގެ އޮފީހުގައި ކުރިއަށްދިޔަ މިބައްދަލުވުމުގައި އައްޑޫގެ ސިއްޙީ ހާލަތު ބޮއްސުންލާފައިވާ މިންވަރު ހާމަކޮށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.

މިބައްދަލުވުމުގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި އައްޑޫގެ ހެލްތް ސެންޓަރ ތަކުގައި ހުރި ދަތިތަކާއި، އެތަންތަން އާބާތުރަ ފިލުވައި ތަރައްޤާ ކުރުމާއި، އެމަޖެންސީ އަދި ޓްރޯމާ ސާރވިސްއާއި ގުޅޭ ގޮތުންނާއި، އާސަންދަ ހޯދުމުގައި ހުންނަ ދަތިތަކުގެ މަޢުލޫމާތު ހިއްސާކޮށް އެކަންކަން ހައްލުކޮށްދިނުމަށް މިނިސްޓަރ ގެ އަރިހުން ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ. އަދި އައްޑޫގައި ޤާއިމްކުރާ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ކައުންސިލުން ސުވާލުކުރެއްވިއެވެ.

މިބައްދަލުވުމުގައި ކައުންސިލުން ހުށަހެޅި ކަންކަން އަޑުއައްސަވައި އެކަންކަން ރަނގަޅުކުރުމަށް ދެވެން ހުރި ހުރިހާ އެހީތެރިކަމެއް ދެއްވާނެކަމުގެ ޔަޤީންކަން ހެލްތް މިނިސްޓަރ އަމީން ދެއްވިއެވެ.