އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގެ ޑެވެލޮޕްމެންޓް ޕްލޭންއާއި ގުޅޭގޮތުން މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރާ ކައުންސިލުން ބައްދަލުކުރައްވައިފި

21 ނޮވެމްބަރ 2018     5 years ago


އައްޑޫގެ ޑެވެލޮޕްމެންޓް ޕްލޭންއާއި ގުޅޭގޮތުން މިނިސްޓަރ އޮފް  ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރާ ކައުންސިލުން ބައްދަލުކުރައްވައިފި

އައްޑޫސިޓީގެ ޑެވެލޮޕްމަންޓް ޕްލޭނާއި ގުޅޭގޮތުން މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ، މުޙައްމަދު އަސްލަމް އާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވަވައިފިއެވެ.

މިބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމުގެ ތެރޭގައި، އައްޑޫގެ ވިޝަން އާއި ޑެވެލޮޕްމަންޓް ޕްލޭނާއި ލޭންޑްޔޫޒް ޕްލޭނާއި އެއްގޮތަށް މަސައްކަތްތައް ރާވައި، ދުރު ރާސްތާ ޑެވެލޮޕްމަންޓް ޕްލޭނެއް ތައްޔާރު ކުރުމުގެ މުހިއްމުކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނެވެ. އަދި މުނިސިޕަލް ޙިދުމަތާއި ޕަބްލިކް ވޯކްސްގެ އެންމެހާ ޙިދުމަތްތައް ކައުންސިލްގެ ބެލުމުގެ ދަށުން ގެންދިޔުމަށް ކުރަންޖެހޭ ކަންކަމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެވުނެވެ.

އައްޑޫއަށް މިވަގުތު ހައްލުކުރުމަށް ޖެހިފައިވާ މުހިއްމު ކަންކަމުގެ ގޮތުގައި ވާރޭވެހި ފެންބޮޑުވާ މައްސަލައާއި، މަގުތަކަށް ބޭނުންވާ މަރާމާތާއި މަގުބައްތި ދިއްލުމުގެ އިންތިޒާމު ރަނގަޅުކުރުމާއި، ބަނދަރުތައް ހަލާކުވެފައިވާ މައްސަލަ ހައްލުކުރުމާއި ފުން ކުރަންޖެހޭ ބަނދަރުތައް ފުންކުރުމާއި، ފަޅު ހިއްކުން ކައުންސިލުން ވަނީ ފާހަގަކޮށް މިނިސްޓަރުގެ އަރިހުގައި ދަންނަވާފައެވެ.