އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާން ކޮށްފި

29 ނޮވެމްބަރ 2018     2 weeks ago


އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާން ކޮށްފި

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާކޮމިޓީ(ޑަބްލިއުޑީސީ) އަށް މެންބަރުން ހޮވުމަށް މިއަދު ބޭއްވި އިންތިޚާބުގައިއެކިދާއިރާތަކުގެ ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާ މިހާރު ވަނީ އިޢުލާން ކޮށްފައެވެ. މިގޮތުން ހިތަދޫ އުތުރު ދާއިރާގެ ފޮށިން ކުރި ހޯދީ ކެންޑިޑޭޓް ނަންބަރު 1 އާމިނަތު ނަދާއެވެ. ނަދާއަށް ލިބުނު ވޯޓުގެ އަދަދަކީ 183ކެވެ. ކެންޑިޑޭޓް ނަންބަރު 2 ފާތިމަތު ހަނީފާއަށް ލިބުނީ 129 ވޯޓެވެ. ހިތަދޫ މެދު ދާއިރާއަށް 3 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ. ކެންޑިޑޭޓް ނަންބަރު 1 ފާތިމަތު ޒުބައިރުއަށް ލިބުނީ 88 ވޯޓެވެ.166 ވޯޓާއެކު ކެންޑިޑޭޓް ނަންބަރު 2 ގެގޮތުގައި ވޯޓުން ކުރި ހޯއްދެވީ އާމިނަތު ހަފީޒާއެވެ. ކެންޑިޑޭޓް ނަންބަރު 3 އައިޝަތު އަފީފާއަށް ލިބުނީ 93 ވޯޓެވެ. ހިތަދޫ ދެކުނު ދާއިރާއިން ކުރި ހޯއްދެވި ކެންޑިޑޭޓް ނަންބަރު 1 އާމިނަތު ޝިހާބަށް ލިބުނީ 184 ވޯޓެވެ. ކެންޑިޑޭޓް ނަންބަރު 2 އާމިނަތު ޢަލީއަށް ލިބުނީ 135 ވޯޓެވެ. މަރަދޫ ދާއިރާއިން ކުރި ހޯއްދެވި ކެންޑިޑޭޓް ނަންބަރު1 ޝަފްޤާ ޝަފީޤަށް ލިބުނީ 185 ވޯޓެވެ. ކެންޑިޑޭޓް ނަންބަރު 2 އަދި މިހާރުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ޝެހެނާޒް ރަޝީދަށް ލިބުނީ 179 ވޯޓެވެ. މީދޫ ދާއިރާގެ ވޯޓުން ކުރި ހޯއްދެވި ކެންޑިޑޭޓް ނަންބަރު 2 އާމިނަތު ޚާލިސާއަށް މަރަދޫފޭދޫ އަދި މީދޫގައި ބެހެއްޓުނު ދެފޮށިން ލިބުނީ 247 ވޯޓެވެ. ކެންޑިޑޭޓް ނަންބަރު 1 ނާދިޔާ ހަސަންއަށް ލިބުނީ 212 ވޯޓެވެ. ފޭދޫ ދައިރާގެ ވޯޓު ފޮށިން ކުރި ހޯއްދެވީ 365 ވޯޓުން ކެންޑިޑޭޓް ނަންބަރު 1 ހައްވާ ޒާހިރާއެވެ. ކެންޑިޑޭޓް ނަންބަރު 2 ޖުނައިފާ މުހައްމަދު އަށް ލިބުނީ 261 ވޯޓެވެ.

ޑަބްލިއުޑީސީއަށް މެންބަރުން ހޮވުމަށް ބޭއްވުނު އިންތިޚާބުގައި ހިތަދޫ ފިޔަވައި އެހެން ރަށްރަށުގައި ވޯޓު ފޮށި ބެހެއްޓިފައިވަނީ އެރަށްރަށުގެ އޮފީހުގެ ގޯތި ތެރޭގައެވެ. ހިތަދޫގެ ތިން ދާއިރާގެ ވޯޓު ފޮށިތަކުގެ ތެރެއިން އުތުރު ދާއިރާގެ ވޯޓުލުން އޮތީ ހިތަދޫސްކޫލްގައެވެ. މެދު ދާއިރާގެ ވޯޓުލުން އޮތީ ނުރާނީ ސްކޫލްގައެވެ. ދެކުނު ދާއިރާގެ ވޯޓުލުން ބޭއްވުނީ މެދުވަލު ސްކޫލްގައެވެ.

ހުޅުދޫ ދާއިރާ އަށް ކުރިމަތިލީ އެއް ކެންޑިޑޭޓު ކަމަށްވާތީ،ވޯޓުލުމެއްނެތި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 3 ވަނަ ދައުރަށް ވަނީ އިންތިޚާބު ވެފައެވެ. ހުޅުދޫ އިން އިންތިޚާބު ވެފައިވަނީ ޝާމާ އިބްރާހީމް، މީދޫ، މޫންލައިޓްގެ އެވެ.

މި އިންތިޚާބުގެ ކަންކަން ބެލެހެއްޓުމަށް އިލެކްޝަން ކޮމިޓީއެއް ވަނީ އުފައްދާފައެވެ.