އައްޑޫސިޓީ ކައުންސިލްގެ އިދާރާ

24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދައިގެ އުސޫލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި

29 ނޮވެމްބަރ 2018     5 years ago


24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދައިގެ އުސޫލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި

24 ގަޑިއިރު ވިޔަފާރި ކުރުމަށް ހުއްދަ ދިނުމުގައި ޢަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ތައްޔާރުކޮށްފައިވާ އުޞޫލަށް އާންމުން ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެހެންކަމުން މިއުޞޫލަށް އާންމުންގެ ހިޔާލު ހޯދުމަށް ކައުންސިލުން ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުންތައް، 2 ޑިސެމްބަރު ވާ އާދީއްތަ ދުވަހުގެ ރޭ 20:30 ގައި ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުން ހިތަދޫ ޝަރަފުއްދީން ސްކޫލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހުޅުދޫ މީދޫގެ ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުން 2 ޑިސެމްބަރު ވާ އާދީއްތަ ދުވަހުގެ ރޭ 20:30 ގައި ހުޅުދޫ މީދޫ އަތޮޅު މަދުރަސާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ކައުންސިލްގެ އިދާރާގެ މެއިލް [email protected]  އަށް ހިޔާލު ފޮނުއްވިދާނެއެވެ.

24 ގަޑިއިރު ވިޔަފާރި ކުރުމަށް ހުއްދަ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލް ކައުންސިލް އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އުޞޫލް ޑައުންލޯޑް ކުރެއްވުމަށް