އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސައުތު އެފްރިކަން އެއަރލައިންގެ ފުރަތަމަ ފްލައިޓް އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސައިފި

2 ޑިސެމްބަރ 2018     5 years ago


ސައުތު އެފްރިކަން އެއަރލައިންގެ ފުރަތަމަ ފްލައިޓް އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސައިފި

ސައުތު އެފްރިކަން އެއަރލައިންގެ ފުރަތަމަ ފްލައިޓް މިއަދު އައްޑޫސިޓީ ގަން އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސައިފިއެވެ.

ޗާޓަރުކޮށްގެން ޖެއްސި އެއާބަސް އޭ330 މަރުކާގެ މިބޯޓުން 300 ފަސިންޖަރުން މިއަދު ވަނީ އައްޑޫއަށް ޒިޔާރަތްކޮށްފައެވެ. މިފަރާތްތަކަށް މަރުހާބާ ދެންނެވުމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާއާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމްއާއި، ގަން އެއާޕޯޓްގެ ހިއްސާ އޮންނަ ކާސާ ހޯލްޑިނގް ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ ޗަމްޕާ ޙުސައިން އާއި އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ޞާދިޤް ވަނީ އެއާޕޯޓަށް ވަޑައިގެންފައެވެ.

ސައުތު އެފްރިކަން އެއަރލައިންގެ ދަތުރުތައް އައްޑޫއަށް ފެށުމުން އައްޑޫގެ ފަތުރުވެރިކަމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.