އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއި ނާއިބް ރައީސާ ހޮވައިފި

4 ޑިސެމްބަރ 2018     5 years ago


އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއި ނާއިބް ރައީސާ ހޮވައިފި

އައްޑޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ (ޑަބްލިޔުޑީސީ) ތިންވަނަ ދައުރުގެ ރައީސާއަކަށް ސ. ހިތަދޫ ޖަބްރާނުގޭ އައިޝަތު ނަދާ އިންތިޚާބުކޮށްފިއެވެ. މިއަދު ކައުންސިލްގެ އިދާރާގައި ބޭއްވުނު އެކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ނަދާ މި މަގާމަށް އިންތިޚާބުވީ ރައީސާކަމުގެ މަގާމަށް ކުރިމަތިލި ހިތަދޫ މެދު ދާއިރާގެ މެމްބަރު އާމިނަތު ހަފީޒާ އާއި މަރަދޫ ދާއިރާގެ މެމްބަރު ޝަފްގާ ޝަފީގު އާއި ވާދަކޮށް 3 ވޯޓުންނެވެ. އާމިނަތު ހަފީޒާ އަށް ލިބުނީ 2 ވޯޓެވެ. ޝަފްޤާ ޝަފީޤަށް ވެސް ލިބުނީ 2 ވޯޓެވެ.  

ޑަބްލިޔުޑީސީގެ ތިންވަނަ ދައުރުގެ އަންހެނުންގެ ކޮމެޓީގެ ނައިބް ރައީސާކަމަށް ހޮވުނީ މިހާރުވެސް އެމަގާމުގައި ހުންނެވި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އާމިނަތު ޝިހާބެވެ. އާމިނަތު ޝިހާބަށް ލިބުނީ 4 ވޯޓެވެ. ނާއިބު ރަޢީސާ ކަމަށް ދެން ވާދަކުރެއްވީ މިދޫ ދާއިރާގެ މެމްބަރ އާމިނަތު ޚާލިސާ އެވެ. ޚާލިސާ އަށް ލިބުނީ 3 ވޯޓެވެ.

ކޮމިޓީގެ ފުރަތަމަ ބައްދަލުވުމަށްފަހު، ކައުންސިލްގެ ފަރާތުން ވަނީ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވާ މަރުޙަބާ ދަންނަވާފައެވެ.