އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަގު ކޮނުމާއި ޕޭވްމަންޓް ގާނެގުމުގައި ކައުންސިލްގެ ހުއްދަ ހޯދާ ގޮތަށް ނިންމައިފި

20 ޑިސެމްބަރ 2018     5 years ago


މަގު ކޮނުމާއި ޕޭވްމަންޓް ގާނެގުމުގައި ކައުންސިލްގެ ހުއްދަ ހޯދާ ގޮތަށް ނިންމައިފި

އައްޑޫސިޓީގެ މަގުތަކުގެ ޕޭވްމަންޓާ ގާ ނެގުމާއި މަގު ކޮނުމުގައި ކައުންސިލްގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ކައުންސިލުން މިއަދު ނިންމައިފިއެވެ.

ކައުންސިލުން މިގޮތަށް ނިންމީ އައްޑޫސިޓީގައި ޚިދުމަތްދޭ އެކިއެކި ފަރާތްތަކުން އެފަރާތަކުން ދޭ ޚިދުމަތްތައް ދިނުމުގެ ބޭނުމުގައި މަގު ކޮނުމާއި ޕޭވްމަންޓް ގާ ނެގުމުގައި ފަރުވާކުޑަކޮށް މަސައްކަތް ކުރާކަން ކައުންސިލަށް ފާހަގަވުމާއި، އެފަދަ އަމަލުތަކުގެ ސަބަބުން އާންމުންނަށް ތަކްލީފުލިބި ކައުންސިލަށް ޝަކުވާ ހުށަހެޅެމުންދާތީއެވެ.

ކައުންސިލްގެ މިނިންމުމާއެކު މިއަދުން ފެށިގެން މަގު ކޮނުމާއި ޕޭވްމަންޓް ގާ ނެގުމުގައި ހެދިފައިވާ ކޮންޓްރެކްޓްތައް ބާތިލްކޮށް އަންނަ އާދީއްތަ ދުވަހުން ފެށިގެން އެފަދަ އެއްވެސް މަސައްކަތެއް ކުރުމަށް ކައުންސިލުން ހުއްދަ ހޯދަން ޖެހެއެވެ.

ކައުންސިލުން މިގޮތަށް ނިންމައި، އެކަމުގެ މަޢުލޫމާތު ދިނުމަށް މިވަގުތު އައްޑޫސިޓީގެ މަގުތައް ކޮނުމުގައި ހަރަކާތްތެރިވާ އެކިއެކި ކުންފުނިތަކާއެކު މިއަދު ވަނީ ބައްދަލުވުމެއްވެސް ބާއްވާފައެވެ.