އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ގައުކެނޑި ސަރަހައްދަށް މޫދަށް އެރޭ ފަރާތްތަކުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފި

20 ޑިސެމްބަރ 2018     5 years ago


ގައުކެނޑި ސަރަހައްދަށް މޫދަށް އެރޭ ފަރާތްތަކުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފި

އާންމުގޮތެއްގައި ގިނަ ފަރާތްތަކުން މޫދަށް އެރުމަށާއި ޕިކްނިކަށް ގޮސްއުޅޭ ގައުކެނޑި ސަރަހައްދުގެ ސަލާމަތީ ކަންކަން އިންތިޒާމުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން އެމްއެންޑީއެފާއި ޕޮލިސް އަދި އަކުއަވެންޗާރ އާއި ކައުންސިލުން މިއަދު ބައްދަލުކުރައްވައިފިއެވެ.

ހިތާމަވެރި އެތަކެއް ހާދިޘާއެއް ހިނގާފައިވާ މިސަރަހައްދުގެ ސަލާމަތީ ކަންކަން ރަނގަޅުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމުގައި މިވަގުތު ކުރެވިދާނެ ކަންކަން ފާހަގަކޮށް ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ.

މިބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި އެސަރަހައްދުގައި ވޯނިންގ ބޯޑުތަކާއި އިންފޮމޭޝަން ބޯޑުތައް ހަރުކުރުމާއި، ލައިފް ރިންގުތައް ބެހެއްޓުމަށާއި، އޮއި ދެމޭ ސަރަހައްދުގައި ބޮއި ހަރުކުރުމާއި އާންމުންނަށް އެވައަރނެސް ޕްރޮގްރާމްތައް ހިންގުމަށް މަޝްވަރާ ކުރެވުނެވެ.

މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަން އަމަލީގޮތުން ތަންފީޒު ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް މޭޔަރ އަބްދުﷲ ޞާދިޤް ވަނީ ވިދާޅުވެފައެވެ.