އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އެޑިއުކޭޝަން މިނިސްޓަރ އަދި އެންވަޔަރަމަންޓް މިނިސްޓަރ މާދަމާ އައްޑޫސިޓީއަށް ވަޑައިގަންނަވަނީ

20 ފެބުރުއަރީ 2019     5 years ago


އެޑިއުކޭޝަން މިނިސްޓަރ އަދި އެންވަޔަރަމަންޓް މިނިސްޓަރ މާދަމާ އައްޑޫސިޓީއަށް ވަޑައިގަންނަވަނީ

މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީއާއި މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަން މާދަމާ އައްޑޫސިޓީއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރ އޮފް އެޑިއުކޭޝަނާއި މިނިސްޓަރ އޮފް އެންވަޔަރަމަންޓްގެ މިދަތުރުފުޅަކީ ސްކޫލްތަކުގައި ޕްލާސްޓިކް ފުޅިތައް ގެންގުޅޭ މިންވަރު މަދުކުރުމުގެ ޤައުމީ ކެމްޕޭނުގެ ދަށުން ތަޢާރަފްކޮށްފައިވާ ރީޔޫސަބަލް (ބީ.ޕީ.އޭ ފްރީ) ފެންފުޅި އައްޑޫސިޓީގެ ސްކޫލްތަކާއި ރަސްމީކޮށް ހަވާލުކުރުމަށްޓަކައި ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

އެޑިއުކޭޝަން މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީ އަދި ޔުނިސެފް ގުޅިގެން ހިންގާ މިހަރަކާތުގައި މުޅި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަހަރު ގްރޭޑް 1 އަށް  އަލަށް ވަންނަ ދަރިވަރުންނަށް ރީޔޫސަބަލް ފެންފުޅި ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މާދަމާ ހަވީރު ހިތަދޫ ސްކޫލުގައި ބާއްވާ މިރަސްމިއްޔާތުގައި އައްޑޫސިޓީގެ 12 ސްކޫލަކާއި ފެންފުޅި ހަވާލުކުރެވޭނެއެވެ. މިހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ 100 ދުވަހުގެ އެކްޝަން ޕްލޭނުގެ ދަށުން ހިންގާ ކެމްޕޭން ހަރަކާތެކެވެ.