އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލުން އެކުލަވާލި ގަވާއިދުތައް ސަރުކާރުގެ ގެޒެޓްގައި ޝާޢިއުކޮށްފި

3 މާރޗް 2019     5 years ago


ކައުންސިލުން އެކުލަވާލި ގަވާއިދުތައް ސަރުކާރުގެ ގެޒެޓްގައި ޝާޢިއުކޮށްފި

އައްޑޫސިޓީ ކައުންސިލުން އެކުލަވާލި 14 ގަވާއިދެއް ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާޢިއުކޮށްފިއެވެ. މިގަވާއިދުތައް ގެޒެޓްވުމާއެކު އެގަވާއިދުތަކުން ކަނޑައަޅާފައިވާ މުއްދަތުން ފެށިގެން އެއަށް އަމަލުކުރަންފެށޭނެއެވެ.

ކައުންސިލުން އެކުލަވާލި މި ގަވާއިދުތަކަކީ އާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދާއި، އާންމު އުނދަގުލާބެހޭ ގަވާއިދާއި، ފިހާރައިގެ ކުޑަދޮރުން މުދަލާއި ތަކެތި ނެރެފައި ބެހެއްޓުމާއި މަގުމައްޗަށްވާގޮތަށް ބެހެއްޓުމާއި ބެހޭ ގަވާއިދާއި، ގޭގޭގެ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާބެހޭ ގަވާއިދާއި، ކައުންސިލުން ދޫކުރާ ހުއްދަތައް ދޫކުރުމާބެހޭ ގަވާއިދާއި، ލައުޑް ސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖެހުމާބެހޭ ގަވާއިދާއި، މަގު ކޮނުމާއި މަގުގައި އެއްޗެތި ވަޅުލުމާބެހޭ ގަވާއިދާއި، މަގުފާރާއި އިންފާރު ތަޅާލުމާބެހޭ ގަވާއިދާއި، މަގުމަތި ކުނިކެހުމާބެހޭ ގަވާއިދާއި، އޮޑިހަރުގެއާބެހޭ ގަވާއިދާއި، ރަށުގެ އާންމު ތަންތަނުގައި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ބޭއްވުމާބެހޭ ގަވާއިދާއި، ތިމާވެށި ޙިމާޔަތްކުރުމާބެހޭ ގަވާއިދާއި، ވަގުތީގޮތުން މަގު ބަންދުކުރުމާބެހޭ ގަވާއިދާއި، ގޭގެއިން މަގު ހުރަހަށް ދަނޑި، ދަގަނޑު، ހޮޅި، ވާ، ޓިނު ފަދަ ތަކެތި ނެރެފައި ބެހެއްޓުމާބެހޭ ގަވާއިދެވެ.

މިގަވާއިދުތައް ސަރުކާރުގެ ގެޒެޓުންނާއި އައްޑޫސިޓީ ކައުންސިލްގެ ވެބްސައިޓުން މިހާރު ޑައުންލޯޑް ކުރެވޭނެއެވެ.