އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލަށް ތެލުގެ ބާވަތްތައް ކްރެޑިޓަށް ދޫކުރުމަށްވެވޭ އެއްބަސްވުމުގައި ފިއުލްސަޕްލައި މޯލްޑިވްސް އާއި ކައުންސިލާ ދެމެދު ސޮއިކޮށްފި

3 މާރޗް 2019     5 years ago


ކައުންސިލަށް ތެލުގެ ބާވަތްތައް ކްރެޑިޓަށް ދޫކުރުމަށްވެވޭ އެއްބަސްވުމުގައި ފިއުލްސަޕްލައި މޯލްޑިވްސް އާއި ކައުންސިލާ ދެމެދު ސޮއިކޮށްފި

އައްޑޫސިޓީ ކައުންސިލަށް ބޭނުންވާ ތެލުގެ ބާވަތްތައް ކްރެޑިޓަށް ދޫކުރުމަށް ފިއުލްސަޕްލައި މޯލްޑިވްސް އާއި ކައުންސިލާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އައްޑޫސިޓީ ކައުންސިލްގެ އިދާރާގައި ކުރިއަށްދިޔަ މިރަސްމިއްޔާތުގައި ފިއުލްސަޕްލައި މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ގަސަމްއެވެ. ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ޞާދިޤްއެވެ.

މިއެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު މޭޔަރ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިއެއްބަސްވުމުގެ ސަބަބުން މަސައްކަތްތަކަށް ބޮޑު ލުއިފަސޭހަކަމެއް ލބިގެންދާނެ ކަމަށެވެ. އަދި ތެޔޮ ގަތުމަށް މިހާރު ކައުންސިލުން ކުރަމުންދާ ޚަރަދު ކުޑަވެގެންދާނެ ކަމެށެވެ.

"މިހާރު ކައުންސިލްގެ އިދާރާއަށް ތެޔޮ ގަންނަނީ ވަރަށް އަގު ބޮޑުކޮށް. ނަމަވެސް މިއެއްބަސްވުމާއެކު އެކަމަށް ދާ ހަރަދު ކުޑަވެގެންދާނެ" މޭޔަރ ވިދާޅުވިއެވެ.

މިއެއްބަސްވުމުގެ ދަށުން ކައުންސިލްގެ އިދާރާއަށް ބޭނުންވާ ޑީސަލް، ޕްޓްރޯލް، ކަރާސީނު އަދި ތެލުގެ އެހެނިހެން ބާވާތްތައް 7 މާރިޗު 2019 ފެށިގެން 1 އަހަރުގެ މުއްދަތަށް ކްރެޑިޓް އުސޫލުން ފިއުލްސަޕްލައި މޯލްޑިވްސްއިން ކައުންސިލަށް ފޯރުކޮށްދޭނެއެވެ.