އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އައްޑޫގައި

8 މާރޗް 2019     5 years ago


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އައްޑޫގައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އައްޑޫސިޓީއަށް ވަޑައިގަންނަވައިފިއެވެ.

ރައީސްގެ މިދަތުރުފުޅަކީ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ކެންޕެއިން ހަރަކާތުގައި ބައިވެރިވުމަށާއި އެޖެންޑާ 19 ގައި ހިމެނޭ އައްޑޫގެ ތަސައްވަރު އިފްތިތާޙްކޮށްދެއްވުމުގެ ގޮތުން އައްޑޫއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެކެވެ.

ރައީސްގެ މިދަތުރުފުޅުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ދެދުވަހުގެ މިދަތުރުފުޅުގައި މިއަދު ހަވީރު މަރަދޫފޭދުގައި ބާއްވާ ސައިފޮދެއްގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި އެމްޑީޕީގެ ފަރާތުން މަރަދޫ ބަނދަރު ސަރަހައްދުގައި ބާއްވާ ހާއްސަ ޖަލްސާގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ. އެއަށްފަހު މާދަމާ ހުޅުމީދޫއަށްެވެސް ރައީސް ވަޑައިގަންނަވާނެއެވެ.

ރައީސްގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދާމާގެ ރޭގަނޑުގެ ވަގުތެއްގައެވެ.