އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަޖިލިސް އިންތިޚާބުގެ ވަގުތީ ނަތީޖާއިން އައްޑޫގެ 7 ގޮނޑިވެސް އެމްޑީޕީއަށް

6 އެޕްރީލް 2019     5 years ago


މަޖިލިސް އިންތިޚާބުގެ ވަގުތީ ނަތީޖާއިން އައްޑޫގެ 7 ގޮނޑިވެސް އެމްޑީޕީއަށް

19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އައްޑޫސިޓީގެ 7 ދާއިރާއަށްވެސް ވެރިކަން ކުރާ ޕަރޓީ އެމްޑީޕީގެ ކެންޑިޑޭޓުން ހޮވިވަޑައިގެންފިއެވެ.

މިގޮތުން ހިތަދޫ އުތުރު ދާއިރާއަށް ހޮވިވަޑައިގަތީ މިހާރުވެސް އެދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު މުޙައްމަދު އަސްލަމްއެވެ. ހިތަދޫ މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އަޙްމަދު ރަޝީދުއެވެ. ހިތަދޫ ދެކުނު ދާއިރާއަށް ފަރަގު ބޮޑު ނަތީޖާއަކުން ހޮވިވަޑައިގަތީ އިބްރާހިމް ނާޒިލްއެވެ. މަރަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ މިހާރުވެސް ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެެވެ. ފޭދޫ ދާއިރާ މިވަގުތު ތަމްސީލު ކުރައްވާ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ބަލިކުރެއްވުމަށްފަހު މިފަހަރު އެދާއިރާގެ މެމްބަރުކަން ކާމިޔާބު ކުރެއްވީ މުޙައްމަދު ނިހާދުއެވެ. އައްޑޫ މީދޫ ދާއިރާ މިހާރުގެވެސް މެމްބަަރު ރޮޒައިނާ އާދަމް ކާމިޔާބުކުރެއްވި އިރު ހުޅުދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އިލްޔާސް ލަބީބުއެވެ.

މަޖިލިސް އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ވެރިކަންކުރާ އެމްޑީޕީން ވަނީ މިފަހަރު އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް ހޯއްދަވާފައެވެ.