އައްޑޫސިޓީ ކައުންސިލްގެ އިދާރާ

'ނަލަފެހި އައްޑޫ' ޕްރޮގްރާމުގެ ދަށުން ހިލޭ ކުނި ނަގައިދެނީ

15 އެޕްރީލް 2019     5 years ago


'ނަލަފެހި އައްޑޫ' ޕްރޮގްރާމުގެ ދަށުން ހިލޭ ކުނި ނަގައިދެނީ

ރަމަޟާން މަހަށް ޙާއްސަކޮށްގެން 'ނަލަފެހި އައްޑޫ' ޕްރޮގްރާމުގެ ދަށުން އައްޑޫސިޓީ ކައުންސިލާއި ވެމްކޯ ގުޅިގެން އައްޑޫގެ ގޭބިސީތަކުން ހިލޭ ކުނި ނަގައިދިނުމުގެ ޕްރޮގްރާމެއް ފެށުމަށް ހަމަޖެހިއްޖެއެވެ.

މިޕްރޮގްރާމަކީ ރަމަޟާން މަހާ ދިމާކޮށް ގޭތެރެ ސާފުކުރުން އެއީ ޒަމާނުއްސުރެ ދިވެހީންގެ މެދުގައި އޮންނަ އާދައަކަށްވެފައި، މިދުވަސްވަރު ގޭބިސީތަކުން ގިނަ އަދަދެއްގެ ކުނި ބޭރުކުރާތީ މިފަދަ ކުނި އުކާލުމުގައި އާންމުންނަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ކައުންސިލާއި ވެމްކޯ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމުގެ ދަށުން ކުނި ނަގައި ދިނުމަށް އެދޭ ފަރާތްތައް ނަން ނޯޓު ކުރުން 16 އެޕްރީލުން 25 އެޕްރީލުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ކުނި ނެގުމަށް ހަމަޖެހިފައިވަނީ 22 އެޕްރީލުން 2 މެއި ގެ ނިޔަލަށެވެ. ކުނި ނަގާނީ ނަން ނޯޓު ކުރައްވާ ކޮންމެ ގޭބިސީއަކުން އެއް ދުވަހުއެވެ.

ކުނި ނެގުމަށް ނަން ނޯޓު ކުރައްވާނީ އެގޭބިސީއެއް ނިސްބަތްވާ އަވަށެއްގެ އަވަށު އޮފީހުންނެވެ.