އައްޑޫސިޓީ ކައުންސިލްގެ އިދާރާ

'ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު 2019' ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

21 އެޕްރީލް 2019     4 years ago


'ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު 2019' ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ 'ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު 2019' ގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ. މިމައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ އެޕްރީލް މަހުގެ 21 ވަނަ ދުވަހުން 30 ޖޫން ގެ ނިޔަލަށެވެ.

މިމައުރަޒަކީ ދިވެހި އުފެއްދުންތައް ބާޒާރަށް ނެރެ، އެފަދަ އުފެއްދުންތަކަށް މާކެޓް ހޯދައިދީ، ދިވެހި އުފެއްދުންތައް ފަތުރުވެރިންނަށާއި އާންމުންނަށް އެއްތަނަކުން ފެނިގެންދާނެ މާހައުލެއް ގާއިމްކޮށް އެފަދަ އުފެއްދުންތައް ކުރިއަރުވައި، ދިވެހި މަސައްކަތްތެރިންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމުގެ ގޮތުން ބާއްވާ މައުރަޒެއްކަމުގައި މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

މިމައުރަޒުގައި ބައިވެރިވުމަށް ފޯމް ހުށަހަޅަން ޖެހޭނީ މާލޭގައި ހުންނަ މިނިސްޓްރީގެ އޮފީހަށް ނުވަތަ މިނިސްޓްރީން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ބިޒްނަސް ސެންޓަރ ތަކަށެވެ. ހުށަހަޅަންޖެހޭ ފޯމް މިނިސްޓްރީގެ ވެބްސައިޓް އަދި އައްޑޫސިޓީ ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އައްޑޫގައި ގާއިމްކޮށްފައިވާ ބިޒްނަސް ސެންޓަރ ގެ ހޮޓްލައިން ނަންބަރަކީ 7916947 އެކެވެ.