އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓުން ފޯރުކޮށްދެއްވަމުން ގެންދެވި ޚިދުމަތްތައް ކައުންސިލްގެ ދަށަށް

21 އެޕްރީލް 2019     4 years ago


މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓުން ފޯރުކޮށްދެއްވަމުން ގެންދެވި ޚިދުމަތްތައް ކައުންސިލްގެ ދަށަށް

މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓުން އައްޑޫގައި ފޯރުކޮށްދެއްވަމުން ގެންދެވި ޚިދުމަތްތައް އައްޑޫސިޓީ ކައުންސިލްގެ މެންޑޭޓުގެ ދަށަށް ބަދަލުވުމާ ގުޅިގެން އެޚިދުމަތްތައް މާދަމާއިން ފެށިގެން ފޯރުކޮށްދޭނީ އައްޑޫސިޓީ ކައުންސިލުންނެވެ.

ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ވިޔަފާރިއާއި ގުޅޭ އެހެނިހެން ޚިދުމަތްތައް ކުރިން ފޯރުކޮށްދެމުން ގެންދެވީ މިނިސްޓްރީން އައްޑޫގައި ގާއިމުކުރައްވާފައިވާ އޮފީހުުންނެވެ. ނަމަވެސް މިހާރު އެޚިދުމަތްތައް ކައުންސިލްގެ ދަށަށް ބަދަލުވުމާއެކު އަވަށު އޮފީސްތަކުން ޚިދުމަތް ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ވިޔަފާރި ރަޖިސްޓްރީ ކުރުމަށް މިނިސްޓްރީން ދެމުން ގެންދިޔަ ޚިދުމަތްތައް ކައުންސިލްގެ ބެލުމުގެ ދަށުން ނަގާފައިވަނީ 2016 ވަނަ އަހަރު އޭރުގެ ސަރުކާރުންނެވެ. ނަމަވެސް އެނިންމުން ބަދަލުކޮށް އަލުން ޚިދުމަތްތައް ކައުންސިލްގެ ދަށަށް މިހާރު މިވަނީ ބަދަލުކުރެވިފައެވެ.