އައްޑޫސިޓީގައި ބެންޑްމިންޓަން ކޮމްޕެލެކްސްއެއް އެޅުމުގެ މަސައްކަތް އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީ (އޭޕީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން އޭޕީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކުރީ މިއަދު ކައުންސިލްގެ އިދާރާގައެވެ.
މިމަޝްރޫޢުގެ ދަށުން ހިތަދޫ ޔޫތު ސެންޓަރު އިމާރާތް ހުރި ބިމުގައި 4 ބެޑްމިންޓަން ކޯޓު އެކުލެވޭ ގޮތަށް ބެޑްމިންޓަން ހޯލަކާއި ބައިނަލްއަޤުވާމީ މުބާރާތްތައް ކުޅެވޭ ގޮތަށް އިތުރު ވަސީލަތްތައް ހިމެނޭ ގޮތަށް ދެބުރީގެ އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
ޖުމްލަ 6،061،191.4ރ ޚަރަދުކޮށްގެން އަޅާ މިބެޑްމިންޓަން ހޯލުގެ މަސައްކަތް ނިންމަށް ކަނޑައަޅާފައިވަނީ 120 ދުވަހުގެ ތެރޭގައެވެ.