އައްޑޫސިޓީގައި ފެންކުޅި ކުޅުމަށް ހާއްސަ ސަރަހައްދުތަކެއް ކަނޑައަޅައި އެސަރަހައްދުތައް ފިޔަވައި އެހެން ތަންތާނގައި ފެންކުޅި ކުޅުން މަނާކޮށް ކައުންސިލުން މިއަދު އިޢުލާންކޮށްފިއެވެ.
ކައުންސިލުން މިގޮތަށް ނިންމީ ޢީދު އުފާ ފާޅުކުރުމުގެ ގޮތުން އައްޑޫސިޓީގައި ފެންކުޅި ކުޅުމުގެ ތެރޭގައި ވޭތުވެދިޔަ އަހަރުތަކުގައި ނޭދެވޭ ބައެއްކަންކަން ހިނގާފައިވާތީ އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމުގެ ގޮތުންނެވެ.
އައްޑޫސިޓީގައި ފެންކުޅިކުޅުމަށް ކަނޑައެޅުނު ސަރަހައްދުތަކަކީ:
|
ބަނދަރުމަތީގެ ފަތާ ސަރަޙައްދު. |
|
ކުޑަކުދިންގެ ޕާކް |
|
ރަށިކެޑެ(ފެންތާގީ ސަރަޙައްދު) |
|
ބަނދަރުގެ އުތުރުފަރާތު ފަސްގަނޑު |
|
ބޮމާ ފަންނު ޕާކް ސަރަޙައްދު ފެން ޕްލާންޓް އިރުމަތީ ޕާކް ސަރަހައްދު |
|
އީދި ގަމޫލު |
ޢީދު އުފާ ފާޅުކުރުމުގައިއާއި ފެންކުޅި ކުޅުމުގައި މިކަމަށް ސަމާލުކަށް ދެއްވުމަށާއި އިސްލާމީ ރިވެތި އުޞޫލުތަކުގައި ހިފަހެއްޓުމަށް ކައުންސިލުން އިލްތިމާ ކުރެއެވެ.