އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ނައިބު ރައީސް ފައިސަލް ނަސީމް އައްޑޫއަށް ވަޑައިގެންފި

13 ޖުލައި 2019     4 months ago


ނައިބު ރައީސް ފައިސަލް ނަސީމް އައްޑޫއަށް ވަޑައިގެންފި

ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އައްޑޫއަށް ވަޑައިގެންފިއެވެ.

ނައިބު ރައީސްގެ މިދަތުރުފުޅަކީ އައްޑޫއާއި ފުވައްމުލަކުގައި ސަރުކާރުން ކުރިޔަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވައިލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. އެގޮތުން މިއަދުގެ ހެނދުނުގެ ވަގުތެއްގައި އައްޑޫއަށް ވަޑައިގެން އެންމެ ފުރަތަމަ އެމަނިކުފާނު ވަޑައިގެންނެވީ ހުޅުމީދޫ މަގުހަދާ ސަރަހައްދު ބައްލަވައިލެއްވުމަށެވެ. އެއަށްފަހު އައްޑޫހައިސްކޫލަށް ޒިޔާރަތްކުރެއްވުމަށްފަހު އިންޖީނުގެއަށް ވަޑައިގެން ތަނުގެ ހާލަތު އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ.

މީގެ އިތުރުން ނައިބު ރައީސް ވަނީ އައްޑޫސިޓީ ކައުންސިލާވެސް މިއަދު ބައްދަލުކުރައްވަވާފައެވެ. މިބައްދަލުވުމުގައި ސަރުކާރުން އައްޑޫގެ ތަރައްޤީއަށް ރާއްވަވާފައިވާ މަޝްރޫޢުތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި އައްޑޫއަށް ދިމާވެފައިވާ ދަތިތައް އެމަނިކުފާނު އޮޅުންފިލުއްވިއެވެ.

ކައުންސިލާއެކު ބޭއްވި ބައްދަލުވުމަށްފަހު ކޮންވެންޝަން ސެންޓަރުގައި ގާއިމުކުރާ އާ ހޮސްޕިޓަލުގެ މަސައްކަތް ކުރިޔަށްދާ ގޮތް ވެސް އެމަނިކުފާނު މިއަދު ވަނީ ބައްލަވާލައްވާފައެވެ.

މިދަތުރުފުޅުގައި އެމަނިކުފާނާއެކު ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އާއި އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދުވެސް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ނައިބު ރައީސް އައްޑޫއަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލައްވައި ފުވައްމުލަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ.