އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ އުތުރު ފަރާތުން ގިރާ ސަރައްހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ

25 ޖުލައި 2019     4 years ago


ހިތަދޫ އުތުރު ފަރާތުން ގިރާ ސަރައްހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ

އައްޑޫސިޓީ އަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލައަކީ ރައްޔިތުންގެ ކަންބޮޑުވުން އެކަމުގައި ހިމެނޭ ކަމަކަށްވާތީ   ކައުންސިލުން ދަނީ މިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ސަރުކާރުގެ ކަމާއިބެހޭ މިނިސްޓްރީތަކާއި ގުޅިގެން ކުރައްވަމުންނެވެ.

 

IMG-7805

 

މިގޮތުން ހިތަދޫ އުތުރު ފަރާތު ފުއްޓަރު ފަރާތުން ގިރަމުންދާ ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން އެސަރަހައްދުގައި ޖިއޯ ބޭގްސް ޖެހުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް މޭޔަރ ޢަބްދުﷲ ސާދިޤް ވިދާޅުވިއެވެ. މޭޔަރ ވިދާޅުވީ، މި މަސައްކަތް ކުރުމަށް 2019 ވަނަ އަހަރުގައި ދައުލަތުގެ ބަޖެޓުގައި  3 މިލިއަން ރުފިޔާ ހިމެނިފައިވާ ކަމަށެވެ. ސަރުކާރުން މި މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްގެން ވަރަށް އަވަހަށް ފަށާނެ ކަމަށް މޭޔަރ ވިދާޅުވިއެވެ.

ހިތަދޫ މޫލަކެޑަ ސަރަހައްދުން ފުއްޓަރު ފަރާތުން ގިރަމުންދާ ސަރަހައްދު ހިމާޔަތް ކުރުމަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ފެށިފައިވާ އިރު، ދާދިފަހުންވެސް ކައުންސިލްގެ ފަރާތުންވަނީ އެ ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން ވެލިއަޅައި ޖަމްބޯ ބޭގްސް ޖަހާފައެވެ.