އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޑަބްލިޔުޑީސީގެ ހިތަދޫ މެދު ދާއިރާއަށް އިންތިޚާބުވި މެންބަރު އާމިނަތު ސަނާ، މެންބަރުކަމުގެ އިޤްރާރުގައި ސޮއިކޮށްފި

8 އޯގަސްޓް 2019     4 years ago


ޑަބްލިޔުޑީސީގެ ހިތަދޫ މެދު ދާއިރާއަށް އިންތިޚާބުވި މެންބަރު އާމިނަތު ސަނާ، މެންބަރުކަމުގެ އިޤްރާރުގައި ސޮއިކޮށްފި

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހިތަދޫ މެދު ދާއިރާގެ މެންބަރުކަމަށް އިންތިޚާބުވެވަޑައިގަތް ޑިލައިޓް ފޭސް / ސ.ހިތަދޫ، އާމިނަތު ސަނާ މިއަދު މެންބަރުކަމުގެ އިޤްރާރުގައި ސޮއިކުރައްވައިފިއެވެ.

އާމިނަތު ސަނާ މިމަޤާމަށް އިންތިޚާބުވެވަޑައިގަތީ ކުރިން އެމަޤާމު ފުރުއްވަމުން ގެންދެވި ބޯޅަދަޑިގެ / ސ.ހިތަދޫ، އާމިނަތު ހަފީޒާ މަޤާމު ދޫކޮށްލެއްވުމުން އެމަޤާމަށް މެންބަރަކު ހޮވުމަށް ބޭއްވުނު އިންތިޚާބު ކާމިޔާބުކުރައްވައިގެންނެވެ. މިއިންތިޚާބުގައި ވާދަކުރެއްވި ހަމައެކަނި ފަރާތަކީ އާމިނަތު ސަނާއެވެ.