އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސާފުކުރުމުގެ ބޮޑު ހަރާކާތެއް އަންނަ ހޮނިހިރު ދުވަހު ބާއްވަނީ

29 އޯގަސްޓް 2019     11 months ago


ސާފުކުރުމުގެ ބޮޑު ހަރާކާތެއް އަންނަ ހޮނިހިރު ދުވަހު ބާއްވަނީ

'އިޖުތިމާޢީ ސާފުކުރުން' ގެ ނަމުގައި އައްޑޫގެ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ސްކޫލްތަކާއި މުޢައްސަސާތަކާއި އައްޑޫސިޓީ ކައުންސިލް ގުޅިގެން ސާފުކުރުމުގެ ބޮޑު ހަރަކާތެއް އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފިއެވެ.

މިހަރަކާތަކީ މިފެށޭ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހު އައްޑޫސިޓީގައި ބޭއްވޭ ފަސްވަނަ އިންޓަނޭޝަނަލް ޓީޗާރސް ކޮންފެރެންސަށް އައްޑޫސިޓީ ޒީނަތްތެރިކޮށް ސާފުކުރުމުގެ ގޮތުން ހިންގާ ހަރަކާތެކެވެ. މިހަރަކާތުގައި އައްޑޫސިޓީގެ އަވަށްތަކުގެ މައި މަގުތަކާއި އާންމުން އެއްވެ އުޅޭ ސަރަހައްދުތައް ސާފުކޮށް ކުނި ނަގައި މަގުތަކުގައި ބެހެއްޓިފައިވާ ގަސްވަށިތައް ޒީނަތްތެރިކުރުން ހިމެނެއެވެ.

މިހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 06:30 ގައި ތިރީގައިވާ ތާވަލާ އެއްގޮތަށެވެ:

05 ވަނަ އިންޓަނޭޝަނަލް ޓީޗަރސް ކޮންފަރެންސް އައްޑޫސިޓީގައި ބޭއްވުމާއި ގުޅިގެން ސާފުކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތައް

#

ސާފު ކުރާ ސަރަހައްދުތައް

ޓީމްތައް

1

ޑޭޒީމަގުން ފެށިގެން އުތުރަށް ނޭޗަރ ޕާކް  ސަރަހައްދާއި ހަމައަށް

އުތުރު ސާފު / ދިރާގު

2

ޑެއިޒީމަގުން ފެށިގެން ދެކުނަށް ލިލީމަގާއި ހަމައަށް (ލީންކުރޯޑްގެ އިރުމަތީ ފަރާތު)  

ނޫރާނީ ސްކޫލް / ޖޭސީއައި / އުރީދު / ހިތަދޫ އަވަށު އޮފީހުގެ މުވައްޒަފުން / ކައުންސިލް އިދާރާގެ ހިތަދޫ އަށް ނިސްބަތްވާ މުވައްޒަފުން

3

ލިލީމަގުން ފެށިގެން އަމީނީ މަގާ ހަމައަށް ލިންކުރޯޑުގެ ދެ ފަޅި (ސްވިމިންގް ޓްރެކް ސަރަހައްދު ހިމެނޭގޮތަށް)

ޙިރާ ސްކޫލް ، ބޭންކް އޮފް މޯލްޑިވްސް

4

ހިތަދޫ ސްޓޭޖް ސަރަހައްދާއި ފެށިގެން ހިތަދޫ ކުޑަކުދިންގެ ޕާކް ސަރަހައްދު

ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް

5

ހިތަދޫ ޕޯޓް ލިމިޓެޑްގެ ސަރަހައްދީ ބަނދަރުން ފެށިގެން އުތުރަށް، ހިތަދޫ އަމީނީ މަގާހަމައަށް

އައްޑޫ ފްރެންޑްސް

6

ހިތަދޫ ޕޯޓް ލިމިޓެޑްގެ ގޭޓް ސަރަހައްދުން ފެށިގެން ވެމްކޯ ކުނިކޮށި ގޭޓާއި ހަމައަށް ލިންކްރޯޑުގެ ދެ ފަރާތް

ހިތަދޫ ޕޯޓް ލިމިޓެޑް

7

ކުނިކޮށި ގޭޓުން ފެށިގެން ގައުކެނޑި ބްރިޖާއި ހަމައަށް ލިންކްރޯޑުގެ ދެ ފަރާތް

ހިތަދޫ ސްކޫލް

8

ގައުކެޑި ބްރިޖުން ފެށިގެން މަރަދޫ ރަށްދެބައިމަގާ ހަމައަށް ލިންކްރޯޑުގެ ދެ ފަރާތް 

މަރަދޫ އަވަށު އޮފީސް ، މަރަދޫ ސްކޫލް، އިރުޝާދިއްޔާ ސްކޫލް، ކައުންސިލް އިދާރާގެ މަރަދޫ އަށް ނިސްބަތްވާ މުވައްޒަފުން

9

މަރަދޫ ރަށްދެބައި މަގުން ފެށިގެން ފޭދޫ ބްރިޖް ސަރަހައްދާއި ހަމައަށް ލިންކްރޯޑުގެ ދެ ފަރާތް

 

މަރަދޫފޭދޫ ސްކޫލް، މަރަދޫ ފޭދޫ އަވަށު އޮފީސް، ވޭވް ސައުންޑް، ކައުންސިލް އިދާރާގެ މަރަދޫފޭދޫ އަށް ނިސްބަތްވާ މުވައްޒަފުން  

10

ފޭދޫ ބްރިޖުން ފެށިގެން ގަމުގެ ބްރިޖް ނިމޭ  ސަރަހައްދާއި ހަމައަށް ލިންކްރޯޑުގެ ދެ ފަރާތް

 

ފޭދޫ ސްކޫލް، ފޭދޫ އަވަށު އޮފީސް ، އީކުއޭޓަރ ވިލެޖް، ކައުންސިލް އިދާރާގެ ފޭދޫ އަށް ނިސްބަތްވާ މުވައްޒަފުން 

11

އާރު.އޭ.އެފް މަގާ ކަނބިހާ މަގު އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރ ސަރަހައްދުން ވަށައިގެން ވަ މަގު، އެޅަދީދީ މަގު ވަށް ބުރުން ފެށިގެން ދެކުނަށް އީ.ސީ.ސީ އާއި ހަމައަށް

ފެނަކަ ކޯޕަރޭޝަން ، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (ހިތަދޫ ކެމްޕަސް) ، ހޮސްޕިޓަލް

12

ވަށްބުރު ސަރަހައްދުން ފެށިގެން ސަރުސަނާ-3 ފިހާރަ ސަރަހައްދާއި ހަމައަށް

ޝަރަފުއްދީން ސްކޫލް

13

ހިތަދޫ ބަނދަރު ހިމެނޭ ސަރަހައްދާއި ހަމައަށް

އައްޑޫ ހައި ސްކޫލް