އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގެ ނަރުދަމާގެ މަސައްކަތް ހިނގަމުންދާގޮތާއި ގުޅޭގުން ކައުންސިލުން ފެނަކައާ ބައްދަލުކުރައްވައިފި

5 ސެޕްޓެމްބަރ 2019     4 years ago


އައްޑޫގެ ނަރުދަމާގެ މަސައްކަތް ހިނގަމުންދާގޮތާއި ގުޅޭގުން ކައުންސިލުން ފެނަކައާ ބައްދަލުކުރައްވައިފި

އައްޑޫސިޓީގެ ނަރުދަމާގެ މަސައްކަތް ހިނގަމުންދާ ގޮތާއި ގުޅޭގޮތުން ކައުންސިލުން މިއަދު ފެނަކައާއި ބައްދަލުކޮށް މަޝްވަރާކުރައްވައިފިއެވެ.

މިބައްދަލުވުމަކީ އައްޑޫސިޓީގެ ހިތަދޫ އަވަށުގެ ނަރުދަމާހޮޅި އެޅުމުގެ މަސައްކަތްނިމި ގެތެކަށް ގުޅުމުގެ މަސައްކަތް ފެނަކައިން ފަށާފައިވާއިރު މަސައްކަތް ހިނގަމުންދާގޮތް ލަސްކަން ފާހަގަކޮށް ރައްޔިތުން ކަންބޮޑުވުންތައް ފާޅުކުރަމުންދާކަން ކައުންސިލަށް ފާހަގަކުރެވިފައިވާތީ އެކަމުގެ މަޢުލޫމާތު އޮޅުންފިލުއްވުގެ ގޮތުން ކައުންސިލުން ބޭއްވި ބައްދަލުވުމެކެވެ.

މިބައްދަލުވުމުގައި ފެނަކައިން މައުލޫމާތު ދެއްވި ގޮތުގައި ހިތަދޫގެ ނަރުދަމާހޮޅި ގުޅުމުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރުމަށް މަސައްކަތް ދަނީ ކުރެވެމުންނެވެ. ނަމަވެސް މުވައްޒަފުންގެ އަދަދުގެ ދަތިކަމާހުރެ މަސައްކަތް ބޭނުން ވާ އަވަސްމިނުގައި ނުގެންދެވޭކަމަށެވެ.

ފެނަކައިން މައުލޫމާތު ދެއްވި ގޮތުގައި ހިތަދޫ ދެކުނު ދާއިރާގެ ގެތަކަށް ކަނެކްޝަން ދިނުމުގެ މަސައްކަތް މިހާރު ފެށިފައިވާއިރު މަސައްކަތް ނިންމުމަށް ތާވަލުކުރެވިފައިވަނީ މިމަހުގެ 12 ވަނަ ދުވަހާ ހަމައަށެވެ. ހިތަދޫ އުތުރު ދާއިރާގެ ނަރުދަމާގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ 10 އިން އޮކްޓޫބަރުގެ 2 ވަނަ ދުވަހާ ހަމައަށް ނިންމުމަށް ރާއްވަވާފައިވާއިރު ހިތަދޫ މެދު ދާއިރާގެ މަސައްކަރް ތާވަލުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 15 އިން އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހަށެވެ.

މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ނަރުދަމާހޮޅި އެޅުމުގެ މަސައްކަތް އަދި އެއްކޮށްނުނިމޭކަމަށާއި ހުޅުދޫ އަދި މީދޫގެ ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތް ނިމިފައިވާކަމަށްވެސް ފެނަކައިން ބުންޏެވެ. އަދި މިމަހުގެ ނިޔަލަށް ހުޅުދޫ އަދި މީދޫގެ ގެތަކަށް ކަނެކްޝަން ދެވޭނެ ގޮތުގެ ތާވަލް ތައްޔާރުކޮށް މަސައްކަތް ފެށުމަށްޓަކައި ތައްޔާރުވެވޭނެއެވެ.