އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ އަދި މީދޫގެ ރައްޔިތުންނާ ކައުންސިލުން ބައްދަލުކުރުން މިރޭ

15 ސެޕްޓެމްބަރ 2019     4 years ago


ހުޅުދޫ އަދި މީދޫގެ ރައްޔިތުންނާ ކައުންސިލުން ބައްދަލުކުރުން މިރޭ

ކައުންސިލުން އައްޑޫސިޓީ ހުޅުދޫ އަދި މީދޫ އަވަށުގެ ރައްޔިތުންނާ ބައްދަލުކުރުން މިރޭ އޮންނާނެއެވެ.

އައްޑޫސިޓީގެ ފަތުރުވެރިކަން ތަރައްޤީކުރުމަށް އެކުލަވާލާފައިވާ ޕްލޭނާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމުގެ ގޮތުން ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން މިދެއަވަށުގެ ރައްޔިތުންނާއެކު ބާއްވާ މިބައްދަލުވުން އޮންނާނީ މިރޭ 20:30 ގައި އަތޮޅު މަދުރަސާގައެވެ.

މިއީ ފަތުރުވެރިކަމާގުޅެގޮތުން ރައްޔިތުންނާ މަޝްވަރާކުރުމަށް ކައުންސިލުން ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން ދެވަނަ ބައްދަލުވުމެވެ. މިކަމާގުޅޭ ފުރަތަމަ ބައްދަލުވުން މިދިޔަ ހަފްތާގެ ބުދަ ދުވަހު މާލޭގައި ދިރިއުޅޭ އައްޑޫގެ ރައްޔިތުންނާއެކު ވަނީ ބޭއްވިފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ އައްޑޫސިޓީގެ އެހެން އަވަށްތަކުގެ ރައްޔިތުންނާއެކުވެސް މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.