އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިސްލާމިކް މިނިސްޓަރ އަޙްމަދު ޒާހިރު ކައުންސިލަށް ޒިޔާރަތްކުރައްވައިފި

6 އޮކްޓޯބަރ 2019     2 weeks ago


އިސްލާމިކް މިނިސްޓަރ އަޙްމަދު ޒާހިރު ކައުންސިލަށް ޒިޔާރަތްކުރައްވައިފި

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. އަޙްމަދު ޒާހިރު މިއަދު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

މިނިސްޓަރ އައްޑޫއަށް ކުރައްވާ މިޒިޔާރަތަކީ އަމިއްލަ ފަރާތަކުން ފޭދޫގައި އިމާރާތްކުރި މިސްކިތެއް ކަމުގައިވާ 'މަސްޖިދުލް ކައުޘަރު' ރަސްމީކޮށް ހުޅުވައިދިނުމުގެ ގޮތުން ކުރައްވާ ޒިޔާރަތެކެވެ.

މިނިސްޓަރ ގެ މިދަތުރުފުޅުގައި މިއަދު ކައުންސިލާ ބައްދަލުކުރައްވައި މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ ކަންކަމާ ގުޅޭގޮތުން ކައުންސިލާ މަޝްވަރާކުރައްވައި މަޢުލޫމާތު ހިއްސާކުރެއްވިއެވެ.

މިގޮތުން މިނިސްޓަރ ފާހަގަ ކުރެއްވި ކަންކަމުގެ ތެރޭގައި މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަށް މިއަހަރު ކައުންސިލަށް ދޫކުރެވިފައިވާ ބަޖެޓު ކުޑަކަމާއި އެކަން އަންނަ އަހަރު ރަނގަޅު ކުރެވޭނެ ކަމާއި، އިމާމުންގެ މައްސަލަތަކާއި މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމުގެ ކަންކަމުގައި މިނިސްޓްރީއާއި ކައުންސިލް ގުޅިގެން މަސައްކަތްކޮށްފިނަމަ ހައްލުކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން އިމާމުން ތާޒާ ކުރުމުގެ ޕްރޮގްރާމެއް ނޮވެންބަރު މަހު ފެށުމަށް ރާއްވަވާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.