އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢުގެ ކިކްއޮފް މީޓިންގ މިއަދު ބާއްވައިފި

10 އޮކްޓޯބަރ 2019     2 months ago


ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢުގެ ކިކްއޮފް މީޓިންގ މިއަދު ބާއްވައިފި

މިނިސްޓްރީ އޮފް އެންވަޔަރަމަންޓުގެ ފަރާތުން އައްޑޫސިޓީ ހިތަދޫގައި ކުރިއަށް ގެންދާ ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢު "ސްމޯލް ސްކޭލް ވޭސްޓް ޓު އެނަރޖީ" ޕްރޮޖެކްޓު ފެށުމުގެ ގޮތުން މިއަދު ކިކްއޮފް މީޓިންގ ބާއްވައިފިއެވެ.

ކައުންސިލްގެ އިދާރާގައި މިއަދު ބޭއްވުނު މިބައްދަލުވުމުގައި މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ. ހުސައިން ރަޝީދު އަޙްމަދު އާއި މަޝްރޫޢުގެ މަސައްކަތް ހަވާލުކުރެވިފައިވާ ލޮޓަސް-ކުންވާ ޖޮއިންޓް ވެންޗަރ ގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިމަޝްރޫޢުގެ ދަށުން ދެކުނުގެ އަތޮޅުތަކުގައި އުފެދޭ ކުނި މެނޭޖްކުރުމަށްޓަކައި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިފެސިލިޓީއަށް ޖަމާކުރެވޭ ކުނި ބޭނުންކޮށްގެން 1.5 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ގްރީން ޓެކްސް ފަންޑުން ހިންގާ މިޕްރޮޖެކްޓުގެ އަމަލީ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހު ފެށޭނެއެވެ. މަސައްކަތް ފުރިހަމަކޮށް ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފަހުކޮޅުގައެވެ.