އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސީކެޕްއިން އައްޑޫސިޓީ ކައުންސިލާ ބައްދަލުކޮށްފި، ވިޒިޓަރ ސެންޓަރ އާ ގުޅޭ ޝަކުވާ ހުށަހެޅުން އާންމުންނަށް ވަނީ ހުޅުވާލެވިފައި

20 އޮކްޓޯބަރ 2016     7 years ago


ސީކެޕްއިން އައްޑޫސިޓީ ކައުންސިލާ ބައްދަލުކޮށްފި، ވިޒިޓަރ ސެންޓަރ އާ ގުޅޭ ޝަކުވާ ހުށަހެޅުން އާންމުންނަށް ވަނީ ހުޅުވާލެވިފައި

ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓް (ސީކެޕް) ގެ ފަރާތުން ޓީމެއް އައްޑޫސިޓީ ކައުންސިލާއެކު މައުލޫމާތު ބައްދަލުވުމެއް ބާއްވައިފިއެވެ.

މިދިޔަ އާދީއްތަ ދުވަހު ކައުންސިލް އިދާރާގައި ބޭއްވުނު މި ބައްދަލުވުމަކީ ސީކެޕް ގެ ފަރާތުން އީދަގަލި ސަރަހައްދުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓްގެ ފޭސް ދޭއް ގެ ދަށުން ވިޒިޓަރ ސެންޓަރ އެއް އެޅުމުގެ މަސައްކަތް ކުރިއަށް ދާ ގޮތް ބެލުމަށާއި ޕްރޮޖެކްޓްގެ ކޮރަލް ކޮމްޕޮނެންޓް ގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އެފަރާތުން ކުރި ޒިޔާރަތަކަށްފަހު ޕްރޮޖެކްޓް ހިނގަމުންދާ ގޮތުގެ މައުލޫމާތާއި ކުރިއަށް ރާވާފައިވާ މަސައްކަތްތަކުގެ މައުލޫމާތު ކައުންސިލާ ހިއްސާ ކުރުމަށްޓަކައި ބޭއްވުނު ބައްދަލުވުމެކެވެ.

އީދިގަލި ސަރަހައްދުގައި ވިޒިޓަރ ސެންޓަރ އެޅުމުގެ މަސައްކަތް މިހާރު ފެށިފައިވާއިރު ކޮންމެ މަހަކު އެއްފަހަރު މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށްޓަކައި ސީކެޕްގެ ފަރާތުން ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާކަމަށް ޕްރޮޖެކްޓް މެނޭޖަރ މައުމޫން ހަމީދު ބުނެފައިވެއެވެ. މީގެ އިތުރުން ޕްރޮޖެކްޓް ނިމެންދެން ކޮންޓްރެކްޓަރ ގެ ފަރާތުން އަދި ސީކެޕް ގެ ފަރާތުން މަސައްކަތް މޮނިޓަރ ކުރުމަށްޓަކައި ސައިޓް އިންޖިނިއަރެއް ވަނީ ބަހައްޓަން ނިންމާފައެވެ. ވިޒިޓަރ ސެންޓަރ އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު އެމަސައްކަތާއި ގުޅިގެން އެއްވެސް ކަހަލަ ޝަކުވާއެއް ހުށަހަޅަން ބޭނުންފުޅުވާނަމަ އެކަން ކުރެވޭނެ ނިޒާމް ވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ ޝަކުވާ ހުށަހަޅާ ފޯމް ފުރުއްވުމަށްފަހު ކައުންސިލް އިދާރާއާ ހަވާލު ކުރުމުން މައްސަލަ ބެލޭނެ އިންތިޒާމް ހަމަޖެހިފައިވެއެވެ.

ސީކެޕްގެ މިދަތުރުގައި ޕްރޮޖެކްޓްގެ ކޮރަލް ކޮމްޕޮނަންޓް ގެ ދަށުން ކަނޑައެޅިފައިވާ ދިހަ ސަރަހައްދެއްގެ ކޮރަލް ރީފް މޮނިޓަރިންގް އިނިޝިއޭޓިވް ގެ އެމް.އޯ.ޔޫ ގައި ސޮއިކުރުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން އަކުއަވެންޗަރ އާ އެކު މިހާރު ސޮއި ކުރެވިފައިވާއިރު އިތުރު ފަރާތްތަކާ އެކު އެމް.އޯ.ޔޫ ގައި ސޮއި ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

 - މައްސަލަ ހައްލުކުރުމުގެ ނިޒާާމް

- ޝަކުވާ ހުށަހަޅާ ފޯމް ( މަރުހަލާ 1)

ޝަކުވާ ހުށަހަޅާ ފޯމް ( މަރުހަލާ 2)