އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ރެޑް ކްރޮސް ސޮސައިޓީ އޮފް ޗައިނާ އަދި މޯލްޑިވިއަން ރެޑް ކްރެސެންޓުން ކައުންސިލާ ބައްދަލުކޮށްފި

29 އޮކްޓޯބަރ 2016     7 years ago


ރެޑް ކްރޮސް ސޮސައިޓީ އޮފް ޗައިނާ އަދި މޯލްޑިވިއަން ރެޑް ކްރެސެންޓުން  ކައުންސިލާ ބައްދަލުކޮށްފި

ރެޑް ކްރޮސް ސޮސައިޓީ އޮފް ޗައިނާ އަދި މޯލްޑިވިއަން ރެޑް ކްރެސެންޓްގެ އިސް އޮފިޝަލުން މިއަދު ކައުންސިލާއެކު ބައްދަލުވުމެއް ވަނީ ބާއްވާފައި.

ކައުންސިލް އިދާރާގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމަކީ ރެޑް ކްރޮސް ސޮސައިޓީ އޮފް ޗައިނާ އައްޑޫގައި ގާއިމް ކުރެވުނު މޯލްޑިވިއަން ރެޑް ކްރެސެންޓް އާ ބައްދަލުކުރުމަށް ކުރި ޒިޔާރަތަކާއެކު ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ރެޑް ކްރޮސް ސޮސައިޓީ އޮފް ޗައިނާގެ ނާއިބު ރައީސް ބުނުއްވި ގޮތުގައި މިދަތުރަކީ މޯލްޑިވިއަން ރެޑް ކްރެސެންޓްއަށް  ބޭނުންވެފައިވާ ކަންކަން ހޯދައި މުހިންމު ކަންކަން ދެނަގަނެ އެހީވުމުގެ އިތުރުން އައްޑޫގައި މިފަދަ ޖަމިއްޔާތަކަށް އެއްބާރުލުން ލިބޭ މިންވަރު ދެނެގަތުމުގެ މަޤްސަދުގައި ކުރެވުނު ދަތުރެކެވެ.

މިބައްދަލުވުމުގައި ކައުންސިލުން ވަނީ އައްޑޫގައި އެކްސިޑެންޓް ހިނގާ މިންވަރު މަތިކަން ފާހަގަކޮށް ރަނގަޅު ފެންވަރުގެ އެމްބިއުލާންސް އަދި ޕެރަމެޑިކްސްގެ މުހިއްމުކަމާމެދު ވާހަކަ ދައްކާފައި. އަދި މިކަންކަން ހައްލު ކުރުމަށް އެހީވުމުގައި ރެޑް ކްރޮސް ސޮސައިޓީ އޮފް ޗައިނާ ފަދަ ޖަމިއްޔާތަކުގެ އެހީ މުހިންމުކަމާއިމެދު އަލި އަޅުވާފައި.

މިއަދު ހަވީރު ރެޑް ކްރޮސް ސޮސައިޓީ އޮފް ޗައިނާ އަދި މޯލްޑިވިއަން ރެޑް ކްރެސްންޓް އިން އިންތިޒާމް ކޮށްގެން އެކްސިޑެންޓްއެއް މެދުވެރިވާ ހާލަތުގައި ކަންކުރާނެ ގޮތުގެ ތަމްރީނުތަކެއް ވަނީ ބާއްވާފައި.