އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫއޮންލައިން އިން ބާއްވާ ބޭސިކް ޖާނަލިޒަމް ކޯސް ފަށައިފި

11 ނޮވެމްބަރ 2016     7 years ago


އައްޑޫއޮންލައިން އިން ބާއްވާ ބޭސިކް ޖާނަލިޒަމް ކޯސް ފަށައިފި

އައްޑޫއޮންލައިން ނޫހުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ބޭސިކް ޖާނަލިޒަމް ކޯހުގެ ފުރަތަމަ ސެޝަން ރޭ އައްޑޫސިޓީ ކައުންސިލް އިދާރާގައި ވަނީ ބާއްވާފައެވެ.

މިމަހުގެ 10 ވަނަ ދުވަހުން 17 އަށް ބާއްވާ މި ޖާނަލިޒަމް ކޯހަކީ ނޫސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އަމާޒުކޮށްގެން ނޫސްވެރިކަމުގެ ދާއިރާ ނުކުތުމަށް އެހީއެއްގެ ގޮތުން އައްޑޫއޮންލައިން ހިންގާ ކޯހެކެވެ. މިކޯހުގައި ބައިވެރިވާ ފަރާތްތަކަށް ކޯހުގައި ފުރިހަމަ ކުރަންޖެހޭ ބައިތައް ފުރިހަމަކޮށް ކޯސް ނިންމައިފިކަމުގައިވާނަމަ ސެޓްފިކެޓެއް ދިނުމަށް ވަނީ ހަމަޖެހިފައިވެއެވެ. މީގެ އިތުރުން މި ކޯހުގައި އެންމެ ރަނގަޅަށް މަސައްކަތްކޮށްފައި ވާ ފަރާތަކަށް ޖާނަލިޒަމްގެ ރޮނގުން އިތުރަށް ތައުލީމު ހޯދުމަށް އިންޑިއާއަށް ދިޔުމުގެ ފުރުސަތު އައްޑޫ ވިމެންސް އެސޯސިއޭޝަނުން ވަނީ ހޯއްދަވައިދެއްވާފައެވެ.

މިކޯހުގައި ސެޝަންތައް ނަގައިދެއްވާނީ އައްޑޫއޮންލައިންގެ ފަރާތުން ޝިމްލާ އަޙްމަދު އަދި ޟަމްރަތު އަޙްމަދު އެވެ. މިދެބޭފުޅުންނަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކޮށްފައިވާ ދެ ބޭފުޅުންނެވެ.