އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވޯލްޑް ބޭންކްގެ ކަންޓްރީ ޑިރެކްޓަރާ ކައުންސިލުން ބައްދަލުކޮށްފި

23 ނޮވެމްބަރ 2016     7 years ago


ވޯލްޑް ބޭންކްގެ ކަންޓްރީ ޑިރެކްޓަރާ ކައުންސިލުން ބައްދަލުކޮށްފި

ވޯލްޑް ބޭންކްގެ ފަރާތުން ދިވެހިރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ކަންޓްރީ ޑިރެކްޓަރ އައްޑޫސިޓީގެ މޭޔަރ އަދި ކައުންސިލްގެ ބައެއް ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.

ރޭ އީކުއޭޓަރ ވިލެޖްގައި ފަރިއްކުޅެއްވުމަކާއެކު ބޭއްވުނު މިބައްދަލުވުމަކީ ވޯލްޑް ބޭންކްގެ ފަރާތުން ފަންޑްކޮށްގެން އައްޑޫސިޓީގައި ހިނގަމުންދާ ސީކެޕް ޕްރޮޖެކްޓްތައް ކަމަށްވާ އީދިގަލި ސަރަހައްދު އީކޯ-ޓޫރިޒަމަށް ތަރައްޤީ ކުރުމާއި ހުޅުމީދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރ ތަރައްޤީ ކުރުން ކުރިއަށްދާ ގޮތް ބެއްލެވުމަށް ވޯލްޑް ބޭންކްގެ އޮފިޝަލުން މިހާރު އައްޑޫސިޓީއަށް ކުރައްވަމުންދާ ޒިޔާރަތަކާއެކު ބޭއްވުނު ބައްދަލުވުމެކެވެ.

ސީކްޕްގެ ޕްރޮޖެކްޓްތައް ހިނގަމުންދާ ގޮތް ބެއްލެވުމަށް ވޯލްޑްބޭންކުން މިކުރައްވާ ޒިޔާރަތުގައި މިއަދު ހެނދުނު ހުޅުމީދޫ ވޭސްޓް މެނޭޖްމެންޓް ތަރައްޤީ ކުރުން ކުރިޔަށްދާގޮތް ބެއްލުވުމަށް ވަޑައިގަތުމަށް ރޭވިފައިވެއެވެ. އެއަށްފަހު މިއަދު ހަވީރު އީދިގަލި ސަރަހައްދުގެ ޕްރޮޖެކްޓް ހިނގަމުންދާ ސަރަހައްދަށް ޒިޔާރަތް ކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.

މިބައްދަލުވުމުގައި ވޯލްޑް ބޭންކްގެ ކަންޓްރީ ޑިރެކްޓަރ އަށް ކައުންސިލްގެ ފަރާތުން ހަދިޔާއެއްވަނީ އަރުވާފައެވެ.