އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިއުމަން ރައިޓްސް ކޮމިޝަނުން ކައުންސިލާއެކު ބައްދަލުވުމެއް ބާއްވައިފި

15 ޑިސެމްބަރ 2016     7 years ago


ހިއުމަން ރައިޓްސް ކޮމިޝަނުން ކައުންސިލާއެކު ބައްދަލުވުމެއް ބާއްވައިފި

14 ޑިސެމްބަރ:

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(އެޗް.އާރ.ސީ.އެމް) އާއި ކައުންސިލާއެކު މިއަދު ވަނީ މަޝްވަރާ ބައްދަލުވުމެއް ބޭއްވިފައެވެ.

މިބައްދަލުވުމަކީ އެޗް.އާރ.ސީ.އެމްގެ އައްޑޫ ބްރާންޗްގެ ހަރާކާތްތައް އިތުރުކޮށް ކޮމިޝަންގެ މަސައްކަތްތައް ވީހާވެސް ބޮޑަށް މީހުންނަށް ހާމަކޮށްދިނުމުގެ ގޮތުން ކައުންސިލާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާމެދު މަޝްވަރާ ކުރުމުގެ ގޮތުން ބޭއްވުނު ބައްދަލުވުމެކެވެ. މިބައްދަލުވުމަގައި އެޗް.އާރ.ސީ.އެމްގެ ރައީސްގެ އިތުރުން ބައެއް ކޮމިޝަން މެމްބަރުންވަނީ ބައިވެރިވެފައެވެ.

އެޗް.އާރ.ސީ.އެމްގެ މަސައްކަތް ފެށުނު ފަހުން އެދެވޭ ބަދަލުތަކެއް ފެންނަމުންދާކަމަށް ކޮމިޝަންގެ ރައީސް އައިމިނަތު އީނާސް ވަނީ މިބައްދަލުވުމުގައި ފާހަގަ ކުރައްވާފައެވެ. ނަމަވެސް ހައްގުތައް ރައްކާތެރިކޮށް ހިމާޔަތް ކުރަންމިކުރާ މަސައްކަތް ކާމިޔާބު ކުރެވެންއޮތީ ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އުފުލައިގެންކަމަށް އީނާސް ވިދާޅުވިއެވެ.

އިންސާނީ ހައްޤުތައް ރައްކާތެރިކުރުމުގައި އިތުރަށް މަސައްކަތް ކުރަންޖެހިފައިވާކަމަށާއި ބައެއްފަހަރަށް ބައެއް ފަރާތްތަކަށް ހައްޤެއް ނިގުޅައިގަނެވޭއިރު އެކަން ނުވެސް އެގޭ ފަހަރުވެސް އެބައާދޭކަން ފާހަގަކުރައްވައި މޭޔަރ އަބްދުﷲ ޞާދިޤް ވަނީ މިބައްދަލުވުމުގައި ވާހާކަފުޅުދައްކަވާފައެވެ. މިގޮތުން އުމުރުން ދުވަސްވެ އަޅާނުލެވިތިބި ފަރާތްތައް އެބަތިބި ކަމަށާއި އެފަރާތްތަކަށް އެދެވޭ އަޅާލުމާއި އެހީތެރިކަން ދޭންޖެހޭ ކަމަށް ވިދާޅުވިއެވެ.

އެޗް.އާރ.ސީ.އެމްގެ މިއަހަރުގެ ޝިޢާރަކީ 'އަނެކާގެ ޙައްޤުގާ ތެދުވަމާ'އެވެ. މިޝިޢާރުގެ ދަށުން އެކެއްގެ ޙައްޤު ރައްކާތެރިކޮށްދިނިމުގައި އެހީވުމަށް އެނެކާތެދުވުމަށް އެޗް.އާރ.ސީ.އެމްއިން ބާރުއަޅައެވެ.