އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލުން އައްޑޫސިޓީގެ ރައްޔިތުންނާއި ބައްދަލުކުރުން މިމަހު

22 ފެބުރުއަރީ 2017     1 year ago


ކައުންސިލުން އައްޑޫސިޓީގެ ރައްޔިތުންނާއި ބައްދަލުކުރުން މިމަހު

އައްޑޫސިޓީ ކައުންސިލްގެ ފަރާތުން އައްޑޫސިޓީގެ އަވަށްތަކުގެ ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުން މިމަހު 27،26 އަދި 28 ވަނަ ދުވަހު ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން އައްޑޫސިޓީގެ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ރައްޔިތުންނާއި ބައްދަލުކުރުން މިމަހު 27 ވަނަ ދުވަހު މަރަދޫ ބޮޑޮގޭގައި ބާއްވަން ހަމަޖެހިފައިވާއިރު ހުޅުދޫ އަދި މީދޫ ރައްޔިތުންނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ 28 ވަނަ ދުވަހު ސ.އަތޮޅު މަދުރަސާގައެވެ. ހިތަދޫގެ ރައްޔިތުންނާއި ބައްދަލުކުރުން އޮތީ 26 ވަނަ ދުވަހު ކައުންސިލް އިދާރާގައެވެ.

މިބައްދަލުވުންތަކަކީ ފާއިތުވި އަހަރުގެ ކައުންސިލްގެ ރިޕޯޓް ހުށަހެޅުމާއި މިހނގާ އަހަރު ކައުންސިލުން ކުރިއަށް ގެންދަން ރާވާފައިވާ ކަންކަން ރައްޔިތުންނާއި ހިއްސާކޮށް ރައްޔިތުންގެ ޙިޔާލާއި މަޝްވަރާ ހޯދުމަށް ބައްދަލުވުންތަކެކެވެ. އެހެންކަމުން ވީހާވެސް ގިނަ ރައްޔިތުން މިބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން ކަންކަން ހިންގުމުގައި މަޝްވަރާއާއި ލަފާ ދިނުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.