އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ސިވިލް ސަރވިސް ތަމްރީނު ޕްރޮގްރާމެއް ފަށައިފި

6 މާރޗް 2017     7 years ago


ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ސިވިލް ސަރވިސް ތަމްރީނު ޕްރޮގްރާމެއް ފަށައިފި

އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ޖީއެސް ލެވެލްގެ 30 މުވައްޒަފަކު ބައިވެރިކޮށްގެން 'ސިވިލް ސަރވިސް ޤަވާއިދަށް އަހުލުވެރިކުރުން' މި ނަމުގައި އެއްދުވަހުގެ ތަމްރީނު ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ. ކައުންސިލް އިދާރާގައި ދެދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމްގެ ފުރަތަމަ ދަންފަޅި ނަންގަވައި ދެއްވީ އައްޑޫސިޓީ ކައުންސިލް އިދާރާގެ ލީގަލް އޮފިސަރ އުސްތާޒު ހުސައިން ހަބީބްއެވެ. އަދި ދެވަނަ ދަންފަޅި ނަންގަވައި ދެއްވީ ކައުންސިލަރ މުޙައްމަދު ޔަސްރިފްއެވެ.

މުވައްޒަފުން ވަޒީފާއަށް އަހުލުވެރިކުރުމުގެ ގޮތުން ކައުންސިލް އިދާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެކަމަށްޓަކައި ކައުންސިލުން ތަފާތު ގިނަ ތަމްރީން ޕްރޮގްރާމްތަކެއް މިއަހަރަށް ރޭވިފައިވާކަން ފާހަގަ ކޮށްލަންޖެހެއެވެ. މިގޮތުން މިދިޔަ ފެބްރުވަރީ މަހުވެސް 'މޯޓިވޭޝަން' ގެ ނަމުގައި ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓްޓިއުޓް އާ ގުޅިގެން ތަމްރީން ޕްރޮގްރާމެއް ވަނީ ކާމިޔާބު ކަމާ އެކު ކުރިއަށް ގެންގޮސްފައެވެ.