އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލާއެކު ވިލާ ކޮލެޖުން ފަހުމުނާމާއެއްގައި ސޮއިކޮށްފި

5 އެޕްރީލް 2017     7 years ago


އައްޑޫސިޓީ ކައުންސިލާއެކު ވިލާ ކޮލެޖުން ފަހުމުނާމާއެއްގައި ސޮއިކޮށްފި

ޖޮއިންޓް ކޮމިއުނިޓީ އެންގޭޖްމެންޓް ސްކޮލަރޝިޕެއްގެ ގޮތުގައި އައްޑޫސިޓީ ކައުންސިލާއި ވިލާ ކޮލެޖާ ދެމެދު ފަހުމުނާމާއެއްގައި ސޮއި ކޮށްފިއެވެ. މިފަހުމުނާމާގައި ވިލާ ކޮލެޖުގެ ފަރާތުން ސޮއި ކުރެއްވީ ވިލާ ކޮލެޖުގެ އެގްޒެކެޓިވް ޑިރެކްޓަރ ޢަލީ ނަޖީބެވެ. އަދި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އައްޑޫގެ މޭޔަރ އަބްދުﷲ ޞާދިޤެވެ.

މިފަހުމުނާމާގެ ދަށުން ސްކޮލަރޝިޕް ދިނުމަށް ހަމަޖެހިފައިވަނީ ވިލާ ކޮލެޖްގެ އައްޑޫ ހިތަދޫ ކެމްޕަހުގައި ހިންގާ ޕްރޮގްރާމްތަކަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން 2 ދަރިވަރަކަށެވެ. އެއީ އަންޑަގްރެޖުއޭޓް ދަރަވަރުންނަށް 1 ސްކޮލަރޝިޕް އަދި ޕޯސްޓްގްރެޖުއޭޓް ދަރުވަރުންނަށް 1 ސްކޮލަރޝިޕްގެ ފުރުސަތެވެ.

ވިލާ ކޮލެޖުގެ ކޮމިއުނިޓީ އެންގޭޖްމެންޓް ސްކޮލަރޝިޕް ދިނުމަށް ހަމަޖެހިފައިވާ އުސޫލަކީ އެ ކޮލެޖުގެ ކެމްޕަހެއްގައި 50 ހާއި 100 އާ ދެމެދުގެ ދަރިވަރުން ތައުލީމު އުނގެނެމުންދާނަމަ 1 ސްކޮލަރޝިޕް ދިނުމަށެވެ. އަދި ދަރިވަރުންގެ އަދަދު އިތުރުވާވަރަކުން ސްކޮލަރޝިޕްގެ ފުރުސަތު އިތުރުކުރުމަށެވެ.

ވިލާ ކޮލެޖާއެކު މިވެވުނު އެއްބަސްވުމުގެ ދަށުން ސްކޮލަރޝިޕަށް ކުރިމަތިލާ ދަރިވަރުންގެ އެޕްލިކޭޝަން ކައުންސިލުން ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ވިލާ ކޮލެޖުގެ ސްކޮލަރޝިޕް ކޮމިޓީން ހޮއްވަވާ ދަރިވަރުންނާ ސްކޮލަރޝިޕް ހަވާލުކުރުން ރަސްމިއްޔާތަކާއެކު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.