އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް، ބިލްޑިންގް އެންޑް މުނިސިޕަލްއާ ހަވާލުވެ ތިއްބެވި ވެރިންނާ ކައުންސިލުން ބައްދަލުކުރައްވައިފި

9 ޖުލައި 2017     6 years ago


ލޭންޑް، ބިލްޑިންގް އެންޑް މުނިސިޕަލްއާ ހަވާލުވެ ތިއްބެވި ވެރިންނާ ކައުންސިލުން ބައްދަލުކުރައްވައިފި

ހައުސިންގް މިނިސްޓްރީގެ ލޭންޑް، ބިލްޑިންގް އެންޑް މުނިސިޕަލް ޑިޕާޓްމެންޓްގެ އިސްވެރިންނާ މިއަދު ކައުންސިލުން ބައްދަލު ކުރައްވައިފިއެވެ. މިބައްދަލުވުން އޮތީ އައްޑޫސިޓީގައި ޤާއިމް ކުރެވިފައިވާ އެމިނިސްޓްރީގެ އިމާރާތުގައެވެ.

ކައުންސިލްގެ އިސްނެންގެވުމުގެ މަތިން ބޭއްވުނު މިބައްދަލުވުމުގެ މަޤްސަދަކީ އާ ދައުރަކަށް ހޮވިވަޑައިގަތް ކައުންސިލަރުންނާއި ހައުސިންގް މިނިސްޓްރީގެ އިސް ވެރިންނާ ތަޢާރަފްވެ ކުރިއަށް ރޭވިފައިވާ ކަންކަން ހިންގުމުގައި ވީހާވެސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބާރުލުން ލިބިގެން ދިޔުމެވެ. މިއަދުގެ ބައްދަލުވުމުގައި ހައުސިންގް މިނިސްޓްރީގެ ފަރާތުން އެގްޒެކެޓިވް ކޯޑިނޭޓަރ އަބްދުﷲ ޒުހައިރު، ކޯޑިނޭޓަރ ހަސަން ނާޒިލް، ކޯޑިނޭޓަރ ޖަމީލުގެ އިތުރުން އެހެނިހެން އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި ކައުންސިލުން ވަނީ އާންމުންގެ ފަރާތުން ކައުންސިލަށް ހުށެހެޅެމުންދާ ބައެއް ޝަކުވާތައް ހިއްސާކުރައްވާފައެވެ. މިގޮތުން މަގުބައްތި ނުދިއްލި ހުރުމާއި މަގުތައް ސާފުނުވެ އޮތުމުން ހިރަފުސް ގަދަވެ އޭގެ އުދަގޫ ކުރިމަތިވަމުންދާކަމާއި ބަނދަރުތަކުގެ ހާލަތު ރަނގަޅުކުރަންޖެހިފައިވާކަން ފާހަގަ ކުރެއްވިއެވެ.