އައްޑޫސިޓީ ކައުންސިލްގެ އިދާރާ

"ރަން-އިން އައްޑޫ 2017" ހަރަކާތް އައްޑޫސިޓީގައި ބާއްވަނީ

12 ޖުލައި 2017     6 years ago


"ރަން-އިން އައްޑޫ 2017" ހަރަކާތް އައްޑޫސިޓީގައި ބާއްވަނީ

"ރަން-އިން އައްޑޫ 2017" ގެ ނަމުގައި ޓޯޓަލް ފިޓްނަސް ގްރޫޕް ޕްރައިވެޓް ލިމިޓެޑް (ޓީ.އެފް.ޖީ) އިން އައްޑޫސިޓީގައި ދުވުމުގެ ރޭހެއް ބޭއްވުމުގެ މަސައްކަތް ކުރަމުން އެބަގެންދެއެވެ.

މިރޭހަކީ "ރަން-އިން-މޯލްޑިވްސް" ގެނަމުގައި ޓީ.އެފް.ޖީ އިން އިސްނަގައިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބާއްވާ ދުވުމުގެ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ހިންގާ ހަރަކާތެކެވެ. މިހަރަކާތްތައް ހިންގުމުގެ ބޭނުމަކީ އާންމުން ކަސްރަތާމެދު އިތުރަށް ހޭލުންތެރި ކުރުވުން ކަމުގައި ޓީ.އެފް.ޖީ އިން މަޢުލޫމާތު ދެއެވެ.

ސޕްޓެމްބަރ 15 އަދި 16 ވަނަ ދުވަހު ބޭއްވުމަށް ރާވަމުން ގެންދާ މިހަރަކާތް އިންތިޒާމް ކުރުމުގައި މަޝްވަރާ ކުރުމަށް ޓީ.އެފް.ޖީ ގެ ފަރާތުން ވަނީ މިއަދު ކައުންސިލާ ބައްދަލުކޮށް ކައުންސިލްގެ ލަފަޔާ އިރުޝާދު ހޯދާފައެވެ. އަދި އަދި އެމް.އެން.ޑީ.އެފް އާއި މޯލްޑިވްސް ޕޮލިސް ސާރވިސްއާއި ރީޖަނަލް ހޮސްޕިޓަލާ އެކު މާދަމާ އިތުރު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.