އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޔުނައިޓެޑް ސިޓީސް އެންޑް ލޯކަލް ގަވަރމެންޓްސް އޭޝިއާ ޕެސިފިކްގެ ބައްދަލުވުމުގައި ބައިވެރިވުމަށް މޭޔަރ ފުރައިވަޑައިގެންފި

15 އޯގަސްޓް 2017     6 years ago


ޔުނައިޓެޑް ސިޓީސް އެންޑް ލޯކަލް ގަވަރމެންޓްސް އޭޝިއާ ޕެސިފިކްގެ ބައްދަލުވުމުގައި ބައިވެރިވުމަށް މޭޔަރ ފުރައިވަޑައިގެންފި

ޔުނައިޓެޑް ސިޓީސް އެންޑް ލޯކަލް ގަވަރމެންޓްސް އޭޝިއާ ޕެސިފިކް (ޔޫސީ.އެލް.ޖީ އޭ.އެސް.ޕީ.އޭ.ސީ) ގެ ބައްދަލުވުމުގައި ބައިވެރިވުމަށް މޭޔަރ އަބްދުﷲ ޞާދިޤް ނޭޕާލަށް އިއްޔެ ފުރާވަޑައިގެންފިއެވެ.

މޭޔަރގެ މި ދަތުރުފުޅަކީ ޔޫސީ.އެލް.ޖީ އޭ.އެސް.ޕީ.އޭ.ސީ ގެ ސްޓޭންޑިންގް ކޮމިޓީގެ ބައްދަލުވުމާއި، ސެންޑައި ފްރޭމްވޯކް ފޯ ޑިސާސްޓަރ ރިސްކް ރިޑަކްޝަން އަދި ސަސްޓައިނަބަލް ޑެވެލޮޕްމަންޓް ގޯލްސް ޓްރެއިނިންގް ވޯކްޝޮޕްތަކުގައި ބައިވެރިވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިބައްދަލުވުމާއި ވޯކްޝޮޕްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 އަދި 17 މިދެ ދުވަހު ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައެވެ.

ޔޫސީ.އެލް.ޖީ އޭ.އެސް.ޕީ.އޭ.ސީ އަކީ އޭޝިއާ ޕެސިފިކްގެ 22 ޤައުމެއްގެ 140 މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ބައިނަލްއަޤްވާމީ ޖަމުޢިއްޔާއެކެވެ. މި ޖަމުޢިއްޔާގެ މައިގަނޑު މަޤްސަދަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ މެމްބަރު ސިޓީތަކުގެ ލާބައާއި މަންފާއަށްޓަކައި ސިޓީތަކުގެ މެދުގައި ގުޅުން ވަރުގަދަކޮށް ތަރައްޤީއަށްޓަކައި ދެމެހެއްޓެނެވި ގޮތެއްގައި މަސައްކަތް ކުރުމެވެ.