އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފުވައްމުލަކު ސިޓީ ކައުންސިލުން ތަޖުރިބާ ދަތުރެއްގައި އައްޑޫސިޓީކައުންސިލަށް ޒިޔާރަތް ކުރައްވައިފި

24 ސެޕްޓެމްބަރ 2017     6 years ago


ފުވައްމުލަކު ސިޓީ ކައުންސިލުން ތަޖުރިބާ ދަތުރެއްގައި އައްޑޫސިޓީކައުންސިލަށް ޒިޔާރަތް ކުރައްވައިފި

ފުވައްމުލަކު ސިޓީ ކައުންސިލުގެ ޓީމެއް ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި މިއަދު އައްޑޫސިޓީ ކައުންސިލަށް ޒިޔާރަތް ކުރައްވައިފިއެވެ. ފުވައްމުލަކު ސިޓީ ކައުންސިލުގެ މިޓީމުގައި ހިމަނިވަޑައިގަންނަވަނީ އެ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޝިރާރާއި، ޒިންމާދާރު ވެރިޔާ މުޙައްމަދު އަނީސް ޙުސައިންއާއި އެސިސްޓެންޓް ޑިރެކްޓަރުން ކަމަށްވާ ޢަބްދުލް އަޒީޒު ޙުސައިންއާއި މުޙައްމަދު އަލި ދީދީ ގެ އިތުރުން އިދާރީ ފަސް މުވައްޒަފެކެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުގެ މިދަތުރަކީ އައްޑޫސިޓީ ކައުންސިލުގެ މަސައްކަތްތައް ރާވައި ހިންގާ ގޮތް ބެލުމަށާއި، ކައުންސިލުން ހިންގާ ހަރަކާތްތައް ބަލާލުމުގެ ގޮތުން ކުރެއްވި ޒިޔާރަތެކެވެ.

މިބައްދަލުވުމުގައި އައްޑޫސިޓީ ކައުންސިލުގެ އޮނިގަނޑު އެކުލެވިފައިވާ ގޮތާއި އިދާރީ މަސައްކަތް ރޭވި ހިނގަމުންދާ ގޮތުގެ މަޢުލޫމާތު އައްޑޫސިޓީ ކައުންސިލުން ވަނީ ފުވައްމުލަކު ސިޓީ ކައުންސިލުގެ ބޭފުޅުންނާ ހިއްސާ ކުރައްވާފައެވެ. އަދި އިދާރާގެ އެކި ސެކްޝަންތަކަށް ޒިޔާރަތްކޮށް މަސައްކަތް ހިނގަމުންދާ ގޮތް ފުވައްމުލަކު ސިޓީ ކައުންސިލުގެ ޓީމުން ވަނީ ބައްލަވާފައެވެ.