އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސްރީލަންކަން އިން އައްޑޫގައި މެޑިކަލް ކޭމްޕެއް ބާއްވަނީ

16 އޮކްޓޯބަރ 2017     6 years ago


ސްރީލަންކަން އިން އައްޑޫގައި މެޑިކަލް ކޭމްޕެއް ބާއްވަނީ

މިއަންނަމަހު އައްޑޫގައި މެޑިކަލް ކޭމްޕެއް ބޭއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްރީލަންކަން އެއަރލައިންސްގެ ފަރާތުން އައްޑޫސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމެއްގައި ހާމަކޮށްފިއެވެ.

މިމެޑިކަލް ކޭމްޕަކީ ސްރީލަންކާގެ ނަވަލޯކާ ހޮސްޕިޓާލާއި ގުޅިގެން ސްރީލަންކަން އެއަރލައިންސްއިން ބާއްވާ ކޭމްޕެކެވެ. އަންނަ ނޮވެންބަރު މަހުގެ 13 ވަނަ ދުވަހު ބާއްވާ މިމެޑިކަލް ކޭމްޕަށް 4 ޑޮކްޓަރުން ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެއީ ނިއުރޮލޮޖިސްޓަކާއި، ގައިނޮކޮލޮޖިސްޓަކާއި، ޔުރޮލޮޖިސްޓެއްގެ އިތުރުން އީ.އެން.ޓީ ޑޮކްޓަރެކެވެ.

ސްރީލަންކަންއިން ބާއްވާ މެޑިކަލް ކޭމްޕުގެ އިތުރުން ލަންކާއަށް ބޭސްފަރުވާ ހޯދަންދާ ދިވެހިންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން ނަވަލޯކާ ހޮސްޕިޓަލާއެކު މަޝްވަރާކުރުމުންދާކަމަށްވެސް ސްރީލަންކަން އެއަރލައިންސްއިން މައުލޫމާތުދެއްވައެވެ.