އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ގޯދިއްޔާ ފުޓްސަލް މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ތެރެއިން އެހީއަށް އެދޭ ޓީމުތަކަށް އެހީދިނުން.

13 ޖޫން 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ގޯދިއްޔާ ފުޓްސަލް މުބާރާތުގައި ބައިވރިވާ ޓީމުތަކުގެ ތެރެއިން އެހީއަށް އެދޭ ޓީމުތަކަށް އެހީދިނުން.

މައްސަލަ ހުށަހެޅި ފަރާތް:

  ފައިޞަލް އިބްރާހީމް   މަރަދޫ ދާއިރާގެ ކައުންސިލަރ

ނިންމުން

މައްސަލަ ނިމުނުގޮތް:

މި  މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލްގައި މަޝްވަރާކުރުމަށްފަހު،

 

މިމުބާރާތަކީ ކައުންސިލުން މީގެކުރިންވެސް އެހީތެރިވެދޭ މުބާރާތަކަށްވުމާއި، ރާއްޖޭގައި ބޭއްވޭ އެންމެ ފޯރިގަދަ އެއް މުބާރާތަށް ވެފައި، އައްޑޫސިޓީގެ އަވަށްތަކުން ގިނަ ޒުވާނުން މި މުބާރާތުގައި ބައިވެރިވާތީއާއި ކްލަބް ޖަމްޢިއްޔާތަކުން އެހީއަށް އެދޭތީ (ގޯދިއްޔާ، ޒެފިޔަރ، ކްލަބް ރިވައިން) މި އެހީދިނުމަށް ފާސްކުރުމަށެވެ. މިގޮތުން 2 ހުށަހެޅުމެއް ހުށަހެޅުނެވެ.

ހުށަހެޅުން 1:  ދެވަނަ ބުރަށް ހޮވިފައިވާ ކްލަބްތަކުން ކޮންމެ ރަޖިސްޓްރީ ކްލަބަކަށް -/5000 ރުފިޔާ ދިނުމަށާއި ކޮންމެ މެޗެއްގެ މެއިން އޮފް ދަ މެޗަށް -/200 ރުފިޔާ (7 މެޗް) ދިނުމަށާއި މުބާރާތް އިންތިޒާމް ކުރާ ގޯދިއްޔާއަށް -/10،000 ރުފިޔާ ދިނުމަށް، ކައުންސލަރ ޖަމްޝީދާ މުޙައްމަދު ހުށަހަޅުއްވާ، ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް ތާއީދު ކުރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން 6 ކައުންސިލަރުން ވެސް ވޯޓްދެއްވީ ފެންނަކަމަށެވެ.

ހުށަހެޅުން 2: މި މުބާރާތުގެ ޗެމްޕިއަން ޓީމާއި މުބާރާތުގެ 2 ވަނަ ޓީމަށް މިލްކުވާ ތަށްޓެއް ދޭގޮތަށް ހުށަހެޅުނެވެ. އެގޮތުން، ޗެމްޕިއަން ޓީމަށް    -/4000 ރުފިޔާއަށްވުރެ ބޮޑުނުވާ އަގެއްގެ ތަށްޓެއް ހުށަހެޅުމަށާއި އަދި 2 ވަނަ ޓީމަށް -/2000 ރުފިޔާއަށް ވުރެ ބޮޑުނުވާ އަގެއްގެ ތަށްޓެއް ދޭގޮތަށް ހަމަޖެއްސުމަށް ކައުންސިލަރ ފައިސަލް އިބްރާހީމް ހުށަހަޅުއްވާ ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް ތާއީދު ކުރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން، 4 ކައުންސިލަރުން ފެންނަކަމަށް އަދި ނުފެންނަ ކަމަށް 2 ކައުންސިލަރުން ވޯޓްދެއްވިއެވެ.

                 

 

 

ތާއީދު ކުރެއްވި: ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް، ކައުންސިލަރ ޙުސައިން ހިޔާޟް، ކައުންސިލަރ އިބްރާހީމް ޝުކުރީ   

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ފައިޞަލް އިބްރާހީމް  

 

  • މި މައްސަލަ ޖަލްސާއަށް ޙާޟިރުވެ ވަޑައިގެންނެވި މެމްބަރުންގެ  އިއްތިފާޤުން ފާސްކުރެއްވިއެވެ.

ވޯޓް ދެއްވި ގޮތް  

ބައިވެރިވެވަޑައިނުގަންނަވާ: 00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް

 




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(N)2017/131

ތާރީޚް: 13 ޖޫން 2017