އައްޑޫސިޓީ ކައުންސިލްގެ އިދާރާ

2018 "ފޭދޫ ސޮކަރ ކަޕް 2018" ބޭއްވުމަށް ހަމަޖެހިފައިވާތީ ފޭދޫ ފުޓް ބޯޅަ ދަނޑު މަރާމާތު ކޮށްދިނުން

29 ނޮވެމްބަރ 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

10 ޖަނަވަރީ 2018 ގައި "ފޭދޫ ސޮކަރ ކަޕް 2018" ގެ ނަމުގައި އައްޑޫސިޓީގެ ހުރިހާ ރަށްތަކަށް އަމާޒުކޮށްގެން ފުޓް ބޯޅަ މުބާރާތެއް ފޭދޫ ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާތީ ފޭދޫ ފުޓް ބޯޅަ ދަނޑު މަރާމާތު ކޮށްދިނުމަށް އެދި ހުށަހެޅިފައިވާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލް ސަރވިސް ސެކްޝަން   

ނިންމުން

މައްސަލަ ނިމުނުގޮތް:

މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންތައްތަކުގެ ތެރެއިން ދަނޑުގެ ރޮސްޓަމްގައި ކުލަ ލުމާއި، ދަނޑުގެ ރޮސްޓަމް ތެރޭގައިވާ ގަސް އަދި ވިނަ ނޮޅާ ސާފުކުރުމާއި، ދަނޑުގެ ފާޚާނާގެ ބޮކި އާއި ފަންކާ ހަރުކުރުނމުގެ މަސައްކަތާއި ދަނޑުގެ ރޮސްޓަމް އަދި ޗޭންޖިންގ ރޫމަށް ބޭނުންވާ ގޮނޑިލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށާއި، މިމަސައްކަތް ކުރިއަށްގެންދިއުމުގައި ދަނޑުގެ މަރާމާތު މަސައްކަތަށް ކުރަންޖެހޭ ޚަރަދު ކައުންސިލްގެ އާމްދަނީ ބަޖެޓްގެ މަރާމާތު ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓްގެ ތެރެއިން ޚަރަދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަ ކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މިހުށަހެޅުން ފާސްވިިއެވެ. 

ތާއީދު ކުރެއްވި: ކައުންސިލަރ، ޖަމްޝީދާ މުޙައްމަދު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ފައިޞަލް އިބްރާހީމް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2017/267

ތާރީޚް: 29 ނޮވެމްބަރ 2017